ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 06:34
މޯލްޑިވްސް ޓްރޭޑް ޔޫނިއަން އާއި ރާއްޖެ ޓީވީން ބައްދަލު ކުރަނީ
މޯލްޑިވްސް ޓްރޭޑް ޔޫނިއަން އާއި ރާއްޖެ ޓީވީން ބައްދަލު ކުރަނީ
ރެކްސް ފީޗާޒް
ރާއްޖެޓީވީ ޓެލެތޯން
ރާއްޖެ ޓީވީން ހިންގާ ޓެލެތޯންގައި ޓްރޭޑް ޔޫނިއަންއިން ބައިވެރިވެއްޖެ
ފައިސާ ހޯދައިދިނުމުގައިވެސް ޓްރޭޑް ޔޫނިއަން އިން އެހީތެރިވާނެ

މިޔަންމާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން ހިންގަން ހަމަޖެހިފައިވާ ޓެލެތޯންގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން ބައިވެރިވެއްޖެއެވެ.

ޓްރޭޑް ޔޫނިއަންއިން ވަނީ މިޓެލެތޯންގައި މިޔަންމާ މުސްލިމުންނަށް ފައިސާ ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިކުރުމަށް ނިންމާފައެވެ.

އެޔޫނިއަންގެ ކައުންސިލް މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ މިފަދަ ޓެލެތޯނެއް ރާއްޖެ ޓީވީން އިސްނަގައިގެން ފެއްޓި ކަމީ ގިނަ ވިޔަފާރިވެރިން ހިމެނޭ ޖަމިއްޔާއަކުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދޭން ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި މިކަމާމެދު ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ. އަދި ޓެލެތޯނަކީ ކާމިޔާބު ޓެލެތޯނަކަށް ހެދުމަށްޓަކައި އެޖަމިއްޔާއަށް ކޮށްދެންހުރި ހުރިހާކަމެއް ކުރާނެ ކަމަށެވެ. 

ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރ މުހައްމަދު ހުޝާމް ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގައި  ބޮޑު ހިއްސާއެއް އަދާ ކުރާ ގިނަ ބައެއް ހިމެނޭ ޖަމިއްޔާއަކުން މި ޓެލެތޯންގައި އަމަލީ ގޮތުން ބައިވެރިވުމަށް އިސްނެގި ނެގުމަކީ މިހަރަކާތް ކާމިޔާބު ކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި އެކަމަށް ޓްރޭޑް ޔޫނިއަންއަށް ޝުކުރު އަދާކުރެއްވިބ އެވެ. 

އާދީއްތަ ދުވަހުގެ މެންދުރު ފަހު 2:30 އިން ފެށިގެން މެދު ނުކެނޑި 24 ގަޑިއިރަށް ބާއްވާ މި ޓެލެތޯންގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް