ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 18:56
މެލޭޝިޔާ ފުލުހުން ހައްޔަރުކުރި މީހުން
މެލޭޝިޔާ ފުލުހުން ހައްޔަރުކުރި މީހުން
ޓްވިޓަރ
ޓެރަރިސްޓް ހަމަލާ
ޓެރަރިޒަމްގެ ތުހުމަތުގައި މެލޭޝިޔާއިން ދެ ދިވެހިން ހައްޔަރުކޮށްފި
ހައްޔަރު ކުރީ 29 އަހަރާއި 33 އަހަރުގެ ފިރިހެނެއް
އެމީހުންނަކީ އައިއެސްއާ ގުޅުން އޮތް ބައެއް
އެމީހުން ބައިވެރިވެގެން ދޭން އުޅުނު ޓެރަރިސްޓް ހަމަލާ ވަނީ ނާކާމިޔާބު ކޮށްލާފައި

މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައި، އެ ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަޔަކާއެކު ދެ ދިވެހިން ހައްޔަރު ކޮށްފި އެވެ. ނަމަވެސް ދެ ދިވެހިން ހައްޔަރުކުރީ، މަލޭޝިޔާ މެދުވެރިކޮށް، އިސްލާމިކް ސްޓޭޓާއި ގުޅުމަށް ސީރިޔާއަށް ދިއުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ. 

 

ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މެލޭޝިއާއިން ހައްޔަރު ކުރި ދެ ދިވެހިންގެ އުމުރަކީ 29 އަހަރާއި 33 އަހަރެވެ. އެ މީހުންގެ ވަނަވަރެއް މެލޭޝިއާގެ ފުލުހުން ހާމައެއް ނުކުރެ އެވެ.

 

 

މެލޭޝިއާގެ ފުލުހުންގެ އިންސްޕެކްޓާ ޖެނަރަލް މުހަންމަދު ފުޒީ ހާރޫނާ ހަވާލާދީ މެލޭޝިއާގެ ނޫސްތައް ބުނާ ގޮތުން އެ ގައުމުން ހައްޔަރު ކުރި ދެ ދިވެހިންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮތް ދެ މީހުންނެވެ.

 

މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދެ ދިވެހިންނާއެކު 19 މީހަކު ހައްޔަރުކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިރާގާއި ފަލަސްތީނާއި މެލޭޝިއާ އާއި އިންޑޮނޭޝިއާ އާއި ފިލިޕީންސްގެ އިތުރުން ބަންގުލަދޭޝްގެ މީހުން ހިމެނެ އެވެ. އަދި އެމީހުންގެ ތެރޭގައި އައިއެސްގެ ދެ ކޮމާންޑަރުންވެސް ހިމެނޭ ކަމަށް މެލޭޝިޔާ ފުލުހުން ވަނީ ބުނެފައެވެ. އެއީ އުމުރުން 41 އަހަރާއި 63 އަހަރުގެ ދެމީހުންނެވެ.

 

އެ މީހުންގެ ތެރޭގައި ޓެރަރިޒަމްގެ އަމަލު ހިންގައި، މީހުން މަރައި އެފަދަ އަމަލުތައް ރާވަމުންދިޔަ މީހުން ތިބި ކަމަށް މެލޭޝިއާ ފުލުހުން ތުހުމަތުކުރެއެވެ.

މެލޭޝިއާ ފުލުހުން ހައްޔަރު ކުރި ދެ ދިވެހިންގެ މައްޗަށް ތުހުމަތު ކުރަނީ ސީރިއާ ހަނގުރާމައަށް ދިއުމަށްޓަކާ ސިންގަޕޫރާއި މެލޭޝިއާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތެވެ. އެ ދެ މީހުންނަކީ މެލޭޝިއާގައި އެއާކޮންޑިޝަންގެ މަސައްކަތް ކުރާ ދެ ދިވެހިން ކަމަށް މެލޭޝިއާ ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހުން އެ ގައުމަށް ދޭން އުޅުނު ކަމަށް ބުނާ ޓެރަރިސްޓް ހަމަލާއަކީ މެލޭޝިއާގެ މިނިވަން ދުވަހާ ގުޅިގެން ބާއްވަން އުޅުނު ހަފްލާއަކަށް ދޭން އުޅުނު ހަމަލާއަކާއި ސައުތުއީސްޓް އޭޝިއަން ގޭމްސްގެ ނިންމާލުމުގެ ރަސްމިއްޔާތަށް ދޭން އުޅުނު ހަމަލާއެކެވެ.

އެ ހަމަލާތައް ނާކާމިޔާބު ކޮށްލީ ޓެރަރިޒަމާ ދެކޮޅަށް މެލޭޝިއާގެ ފުލުހުންގެ ކައުންޓާ ޓެރަރިޒަމްގެ ޑިވިޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 ސެޕްޓެންބަރ 2017 | އަންގާރަ 20:36
ިޟޯޯ
ހޭއަރައިފިއެއްނުން މުޅިޤައުމަށްވެސް ހުތުރު ،ތިޤައުމުގައިވެސް ދެންއަމާންކަމާއިއެކު އުޅެވޭކަށްދެންނެތް