ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 18:43
ރާއްޖެޓީވިން ފަށާ ޓެލެތޯން
ރާއްޖެޓީވިން ފަށާ ޓެލެތޯން
ފޭސްބުކް
ޕާރލީ ވެއިލް
ރާއްޖެޓީވީއިން ފަށާ ޓެލެތޯންއަށް އެންމެ ފުރަތަމަ ފައިސާގެ އެހީ ހަވާލުކުރި ފަރާތަކީ ސީޕާޓްނާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ފައިސާގެ އެހީ ހަވާލުކުރީ މިއަދު

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކުގައި އަނިޔާ ލިބޭ މުސްލިމުންނަށް  އެހީވުމަށް ރާއްޖެޓީވީން ބާއްވާ ޓެލެތޯން އާއި ގުޅިގެން އެންމެ ފުރަތަމަ ފައިސާގެ އެހީ ހަވާލު ކުރި ފަރާތަކީ "ސީޕާޓްނާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ ދަށުން ހިންގާ ފިހާރަތައް ކަމުގައި ރާއްޖެޓީވީއިން ބުނެފިއެވެ. ސީޕާޓްނާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ދަށުން ހިންގާ ފިހާރަ ތަކަކީ  "ޕާރލީ ވެއިލް"  އާއި "ޔުނިކް ވެއިލް" ފއާއި "ކުއީން ވެއިލް" އަދި "މައި ޓޯއީޒް" އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މި ހަތަރު ފިހާރަ މެނޭޖް ކުރާ ފަރާތް ކަމުގައިވާ މަރިޔަމް މުނާ އާދަމް ބުނީ ރާއްޖެޓީވީއިން ފަށާ ޓެލެތޯންއަށް  އެހީވުމުގެ މަޤްސަދަކީ ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެމީހުންނަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް ކުޑަ އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި މުސްލިމުންނަށް ވެ ތިބެ އެހެން މުސްލިމް އަޙުންނާއި އުޙްތުންނަށް އަނިޔާދޭ މަންޒަރުން ބަލަން ތިބެވެން ނެތް ކަމަށް ބުންޏެވެ.

މުނާ ވަނީ އެހެން ފަރާތަކުން ވެސް މި ޓެލެތޯންގައި ވެވުނު މިންވަރަކުން އެހީތެރިވުމަށް އެދިފައެވެ.

"ޕާރލީ ވެއިލް" ފިހާރައާ "ޔުނިކް ވެއިލް"ފިހާރައާ އަދި "ކުއީން ވެއިލް" ފިހާރައަކީ އަންހެނުން ޒީނަތްތެރިވުމަށްޓަކައި ބޭނުން ކުރާ ގަހަނާއާ މޭކްޕް ސާމާނާއި ސެންޓު އަދި ޝޯލް ފަދަ އެއްޗެހި ވިއްކާ ފިހާރައެކެވެ. އަދި "މައި ޓޯއީޒް" ފިހާރައަކީ ކުޑަކުދިންގެ ކުޅޭ ސާމާނު ވިއްކާ ފިހާރައެކެވެ.

މި ކުންފުނިން ވިޔާފާރީގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަތާ 3 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރާއްޖެޓިވީން ބުނެފައިވަނީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ މިދަނޑިވަޅުގައި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުންދީ އެހީވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

 

 

   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް