ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 13:10
ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އައިޖީއެމްއެޗަށް ގެންދަނީ --
ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އައިޖީއެމްއެޗަށް ގެންދަނީ --
ރާއްޖެ އެމްވީ
ގާސިމްގެ ބޭސްފަރުވާ
ގާސިމްގެ ހާލު ސީރިއަށް، އިތުރަށް ލަސް ނުކޮށް ބޭރަށް ފޮނުވޭނެގޮތް ހައްދަވާ ދެއްވުމަށް ސަރުކާރަށް ގޮވާލަން: ސަމީރު
ގާސިމްއަށް އަދިވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން
ގާސިމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރޭގޮތް ހަމަ ނުޖެހޭތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން
ގާސިމްގެ ހުކުމުގެ ބޭސްފަރުވާގެ ބައި އެޓާރނީ ޖެނަރަލްގެ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާލުކޮޅު ދަނީ އިތުރަށް ސީރިއަސް ވަމުންކަމަށާއި، އިތުރަށް ލަސް ނުކުރައްވާ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސާ ދެއްވުމަށް، ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ގޮވާލައްވައިފި އެވެ.

ގާސިމްގެ ހާލުކޮޅާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް އަންގާރަ ދުވަހު ސަމީރު ވިދާޅުވީ އަދިވެސް ގާސިމް އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވިފައި ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް ޑޮކްޓަރުން މިހާރުވެސް ލަފާ ދެއްވަމުން ގެންދަވަނީ ގާސިމަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުއްވުމަށް ކަމަށެވެ. އަދި ކުރިއަށްވުރެ ގާސިމް ހާލުކޮޅު ސީރިއަސް ވަމުންދާ ކަމަށް ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ގާސިމަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުއްވޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައިވަނިކޮށް، އެހުކުމްގެ އެބައި އެޓާރނީ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވި ނަމަވެސް އެ އަމުރަށް ބަދަލެއް ނާންނަހާ ހިނދަކު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެކަންކަން ކުރުމަށް ލާޒިމްވާނެ ކަމަށެވެ.

ގާސިމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ކްރިމިނަލް ކޯޓުގެ އެހުކުމުގައި އަމުރު ކޮށްފައިވާއިރު، ގާސިމްގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 110 ވަނަ މާއްދާއިން ވެސް ބާރު ލިބިދެއެެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 110 ވަނަ މާއްދާގައި ވަނީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާއެއް ރާއްޖެއިން ލިބެންނެތް ހާލަތްތަކުގައި، ކަމާބެހޭ ޑޮކްޓަރެއް އެގޮތަށް ނިންމައިފިނަމަ، އެޑިކަލް ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓަރު އައްޔަނުކުރާ މެޑިކަލް ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން އޭނާ ސިއްހީ ބޭނުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމަށް ދޫކުރުރުމުގެ ހުއްދަ ކޮމިޝަނަރަށް ދެވިދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. ގާސިމްގެ މައްޗަށް ކޯޓުން ހުކުމް ކުރީވެސް ގާސިމްގެ ޣައިރު ހާޒިރުގައި ގާސިމަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. ގާސިމަށް ފަރުވާ ދެމުންދަނީ ހިތުގެ ބައްޔަކަށް ކަމަށްވެއެވެ. 

ގާސިމްގެ މައްޗަށް ރިޝްވަތުގެ އެ ތުހުމަތު ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް