ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 12:32
އިންޑިއާގެ ހެލްތް މިނިސްޓަރު ޖަގަތް ޕްރަކާޝް ނައްޑާ
އިންޑިއާގެ ހެލްތް މިނިސްޓަރު ޖަގަތް ޕްރަކާޝް ނައްޑާ
ދަ ނިއު އިންޑިއަން އެކްސްޕްރެސް
އިންޑިއާ- ރާއްޖެ
އިންޑިިއާގެ ހެލްތް މިނިސްޓަރު ރާއްޖެ ވަޑައިނުގަންނަވަން ނިންމަވައިފި: ރައީސް ނަޝީދު
ޑަބްލިއުއެޗްއޯ ބައްދަލުވުން ފަށަނީ ބުދަ ދުވަހު
ރައީސް ޔާމީން އެކަހެރިވެފައިވާ ކަމުގެ ނިޝާނެއް
އިންޑިއާ- ރާއްޖެ ގުޅުން ރަނގަޅެއް ނޫން

އިންޑިއާގެ ހެލްތް މިނިސްޓަރު ރާއްޖެ ވަޑައިނުގަންނަވަން ނިންމަވައިފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އިން ބާއްވާ ސަރަހައްދީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަތުމަށް އިންޑިއާގެ ހެލްތް މިނިސްޓަރު ޖަގަތް ޕްރަކާޝް ނައްދާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ކުރިން އޮތީ ހަމަޖެހިފަ އެވެ.

އަންގާރަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ބާއްވާ ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގެންނެވުމަށް އިންޑިއާގެ ހެލްތް މިނިސްޓަރު ނިންމަވާފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިއީ ރައީސް އަބްދުﷲ ޔާމީން އެކަހެރިވެފައިވާ ކަމުގެ އިތުރު ނިޝާނެކެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން މިއަހަރު ރާއްޖޭގައި ބާއްވާ 70 ވަނަ ސައުތް އީސްޓް އޭޝިއާގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު އެވެ.

މިއަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ އެކިއެކި ކަންކަމާ ގުޅޭ ގޮތުންނެވެ.

މި ބައްދަލުވުމުގައި 11 ގައުމަކުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވުމަށް ޑަބްލިއުއެޗްއޯގެ ބައެއް އިސްވެރިން ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ހެލްތް މިނިސްޓަރު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ޗައިނާއާއެކު ރާއްޖެއިން ގުޅުން ބަދަހިކުރާތީ އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ 2015 ވަނަ އަހަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަން ނިންމެވުމަށް ފަހު ވަނީ ކެންސަލް ކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް