Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2025 | ހޯމަ 19:48
ދަނގެތީގައި އިމާރާތް ކުރާ ފުލުހުންގެ މަރުކަޒު މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތު
ދަނގެތީގައި އިމާރާތް ކުރާ ފުލުހުންގެ މަރުކަޒު މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތު
ރާއްޖެއެމްވީ
އދ. ދަނގެތި
މުއިއްޒުގެ ދަނގެތި ދަތުރުފުޅު - ވައުދު ލިސްޓް
ސްކޫލް އިމާރާތުގައި 10 ކުލާސްރޫމާއި މަލްޓި ޕާޕަސް ހޯލެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު
ދަނގެތީގައި ކައުންސިލް އިމާރާތް، ފުލުހުންގެ އިދާރާ އަދި ފިޓްނަސް ސެންޓަރެއް އެޅުމުގެ މަސައްކަތް ފެށުނު
ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދާނެ

އދ. ދަނގެއްޗަށް 2025 އޮކްޓޯބަރު 6 ވަނަ ދުވަހު ޒިޔާރާތް ކުރައްވާ އެ ރަށުގެ ތަރައްގީ އަށް އަނެއްކާ ވެސް އިތުރު ވައުދުތަކާއި އަދި ކުރިން ވެވަޑައިގެންފައިވާ ވައުދުތައް މުއިއްޒު ވަނީ ތަކުރާރު ކުރައްވާފައެވެ.

މި ގޮތުން:

ސްކޫލް އިމާރާތް

މި ދަތުރުފުޅުގައި 10 ކުލާސްރޫމާ، މަލްޓި ޕާޕަސް ހޯލެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތެވެ.

ރަށުގެ ސްކޫލްގެ ކުލާސްރޫމްތައް އަދި ހޯލު މިއަހަރުގެ ތެރޭގައި އޭސީ ކޮށްދޭނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.

ސްކޫލު އިމާރާތުގެ މަސައްކަތް މި އަހަރުގެ ތެރޭގައި މާ ލަސްތަކެއް ނުވެ ޢަމަލީގޮތުން މަސައްކަތްތައް ފެށި، ވަރަށް ބާރުމިނުގައި، ވަރަށް ހަލުވި ދުވެލީގައި ގެންގޮސް ނިންމައިދޭނެ ކަމަށް މުއިއްޒު ރައްޔިތުން ގާތު ވިދާޅުވިއެވެ.

ބިން ހިއްކުން

ރަށުގެ ބިންހިއްކުމުގެ މަޝްރޫއުގައި ސޮއި ކުރެވުނެވެ.

މުއިއްޒު ވިދާޅުވީ މަސައްކަތް ނިމުމުން ރަށުގެ ޒުވާނުންނަށް އަދި ހަމަ ހުރިހާ ފަރާތްތަކަށްވެސް ގޯތިދިނުން ހިމެނޭ ކަމުގައެވެ.

ގޮނޑުދޮށް ހިމާޔާތް ކުރުމާއި،

ބަނދަރު ހެދުމާއި، އަދި

ބިން ހިއްކުން މި ތިން މަސައްކަތް އެމް.ޓީ.ސީ.ސީ.އިން ކުރިއަށް ގެންދާނީ، ރައްޔިތުން ބޭނުންވާ ގޮތަށް، ވަރަށް އިސްކަންދީގެން، ވަރަށް ހައި ޕްރިއޯރިޓީ ގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލް އިމާރާތް އެޅުމާއި،

ފުލުހުންގެ އިދާރާ އެޅުމާއި، އަދި

ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް އެޅުމުގެ މަސައްކަތް މި ދަތުރުފުޅުގައި ވަނީ ފަށާފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށުގައި ހަމަ އެންމެ ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ގާއިމުކޮށްދިނުމަށް މުއިއްޒު ވައުދު ވިއެވެ.

ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަނާއި އަދި އެއަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރއެއް ގާއިމުކުރުމަށް އެ މަސައްކަތް ފެށުމަށްޓަކައި ބިން ލިބުނުހާ އަވަހަކަށް، އެމްޓީސީސީ އިން އެ މަސައްކަތް ފަށާނެ ކަމަށާއި އެ މަސައްކަތް ޗެސް ވަނީ އެމްޓީސީސީ އާ ހަވާލު ކޮށްފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. ބާރު ސްޕީޑުގައި އެމަސައްކަތް ފެށިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑޮލަރު އޭޓީއެމް

އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި، މާރިޗު މަހުގެ ކުރި އަށް، ދަނގެތީގައި ޑޮލަރު އޭޓީއެމް އެއް ބަހައްޓައި ދޭނެ ކަމުގެ ޔަޤީން ކަން މުއިއްޒު ވަނީ ދެއްވާފައެވެ.

ކަލްޗަރަަލް ސެންޓަރު

އިންޑިއާގެ ހައި އިމްޕެކްޓް ފަންޑުގެ ތެރެއިން، ދަނގެތީގައި ގާއިމު ކުރެވޭ ކަލްޗަރަލް ސެންޓަރުގެ ކަންތައް، ކަމާބެހޭ ފަރާތާ ގުޅިގެން، އަޅުގަނޑުމެން އެބަ ބަލަން ކަމަށާއި، މަޝްރޫއާ ގުޅޭ އެއްވެސް އިޝޫއެއް އުޅޭކަމެއް އެނގިފައި ނެތް ކަމަށް.

- ކޮމެންޓް