ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 23:22
ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަން
ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަން
އަޒުމޫން އަހުމަދު
އެސެޓްސް ރިކަވަރީ ކޮމިޝަން
އެސެޓްސް ރިިކަވަރީ ކޮމިޝަނުން ބަލާފައިވާ މައްސަލަތަކުގެ އަޕްޑޭޓް ވަރަށް އަވަހަށް ހާމަކުރާނަން:ތަރުޖަމާނު
ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ އުފައްދާފައިވަނީ ޖުލައި 20 ގައި
މި ކޮމިޝަން އުފައްދާފައިވަނީ އެއް އަހަރު ދުވަހަށް
ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ވަނީ ހަމަޖެހިފަ

މިދިޔަ ޖުލައި މަހު ސަރުކާރުން އެކުލަވާލި އެސެޓްސް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ އަޕްޑޭޓް ވަރަށް އަވަހަށް ރައްޔިތުންނާ ހިއްސާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ސަރުކާރުން އެކުލަވާލާފައިވާ ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ހާމަކުރުމަށް ނޫސްވެރިންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ވަރަށް އަވަހަށް މިހާތަނަށް ބަލާފައިވާ މައްސަލަތަކުގެ ތަފްސީލުތައް ހާމަކުރާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެ ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓާ ހޯމް މިނިސްޓަރ އަހުމަދު އަޒްލީން ވިދާޅުވީ، ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ މަސައްކަތްތަކުގެ މައުލޫމާތު ވަގުތު ޖެހުމުން ހާމަކުރާނެ ކަމަށެވެ.

މި ކޮމިޝަން ސަރުކާރުން އުފައްދާފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެވެ.  މި ކޮމިޝަން އުފައްދާފައިވަނީ އެއް އަހަރު ދުވަހަށެވެ.

މި ކޮމިޝަން އުފައްދާފައިވާތާ، އެއް މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިހާތަނަށް އެ ކޮމިޝަނުން ތަހުގީގު ކޮށްފައިވާ  އެއްވެސް މައުލޫމާތެއް ހާމަކޮށްފަ އެއް ނުވެ އެވެ.

މީގެ ކުރިން، އޮޑިޓަރ ޖެނެރަލްގެ އޮފީހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ތަހުގީގު ހިންގާފައިވާ މައްސަލަތަކުގެ ތެރެއިން ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަނުގެ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަޔަށް ބަލައި ދިރާސާކޮށް، އެ ފައިސާ ހޯދުމަށް އެ ކޮމިޝަނުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 ސެޕްޓެންބަރ 2017 | އަންގާރަ 09:16
އަލީ
ތިކޮމިޝަންގެ ބޭނުމަކީ ނިހާނުއާ އަދުރޭ އަދިވެސް އިތުބާރު ނެތް އެމްޕީން ދަނޑިމާރު އެޅުން.
4 ސެޕްޓެންބަރ 2017 | ހޯމަ 23:25
ސައްޕޭ
ތި ކޮމިޝަނަށް ކިޔަންވީ ރައްޔިތުން ފެލާ ނުވަތަ ފޭރޭ ކޮމިޝަން