ރާއްޖެއިން މިޔަންމާއާ ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލުމަށް ނިންމައިފި އެވެ.
މިކަން ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ވިޔަފާރީގެ ގުޅުންތައް ކަނޑާލުމަށް ނިންމާފައި ވަނީ އެގައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ މެދު ހިންގާ ލާއިންސާ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި މިފާއިދުވެދިޔަ ދުވަސް ވަރުގައި، އެގައުމުގައި ހިންގަމުންދާ މިފަދަ ލާއިންސާނީ އމަލުތަކުގެ ސބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރަށް ހިޖުރަކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ. މިފަދަ ލާއިންސާނީ އަމަލުތައް ހިންގުން ނުހުއްޓި ކުރިއަށްދާ އިރު މުސްލިމުންނަށް ހިންގާ މިފަދަ އަމަލުތައް އދ އިންވެސް މީގެ ކުރިން ފާހަގަކޮށްފައިވާ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެ އެވެ.
އަދި މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކާ އެހެން ގައުމުތަކުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެ އެވެ.
މިޔަންމާއާއިއެކު ހިންގާ ހުރިހާ ވިޔަފާރީގެ ގުޅުންތަކެއް ކަނޑާލާފައިވަނީ، އެގަމުގައި ރޮހިންޖާ މުސްލިމުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ކުރާ ކަންކަމާމެދު އެގައުމުގެ ސަރުކާރުން ފިޔަވަޅުތައް އެޅުމާ ހަމަޔަށެވެ.
ދިވެހި ސަރުކާރުން ވަނީ އދގެ ސެކްރެޓަރީ ޖެނެރަލް އާއި އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ވެސް ރިހިންޖާ މުސްލިމުންނާ މެދު ހިންގާ ލާސީން އަމަލުތައް ހުއްޓުވުމަށް ފިޔަވަޅުއެޅުމަށް ގޮވާލައްވާފަ އެވެ.
ރޮހިންޖާ މުސްލިމުންނާމެދު ހިނގާ ލާއިންސާ އަމަލުތަކާ ގުޅިގެން މިޔަންމާ އާއިއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފައިވާ އިރު، އެގައުމުގެ 58000 މީހުން ބަންގަދޭޝްއަށް ވަނީ ހިޖުރަކޮށްފަ އެވެ. އަދި 100 އަށް ވުރެ ގިނަމީހުން ވަނީ ޒަހަމްވެފަ އެވެ. މީގެ އިތުރުން ރަކީން ސްޓޭޓްގެ ބޮޑު ބައެއް ވަނީ އަލިފާން ރޯކޮށް އަންދާލައެވެ.
އެ ސްޓޭޓަށް އިންސާނީ ހައްގުތަކަށް މސައްކަތް ކުރާ ބައިނަލްއަގްވާމީ މޮނީޓަރުންނަށް ނުވަދެވޭ އިރު އެކަމާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރޮހިންޖާ މުސްލިމުން ދިރިއުޅޭ ސަރަހައްދު އަންދަމުންދަނީ ހައްދުފަހަނައަޅާފައިވާ ބުޑިސްޓު މީހުންނެވެ. އެގައުމުގެ މެޖޯރިޓީ އަކީވެސް ބުޑިސްޓުންނެވެ.
ރާކީން ސްޓޭޓްއަކީ މިޔަންމާގެ އެންމެ ފަގީރު އެއް ސްޓޭޓް އެވެ. އެސިޓީގައި ރޮހިންޖާ ދަރިކޮޅުގެ މިލިއަނަށްވުރެ ގިނަމީހުން ދިރިއުޅެމުންދެ އެވެ.