އޯކިޑް މަގު ސަރަހައްދެއްގައި ހުރި ޖަންކްޝަނެއް ފުރި މަގުމައްޗަށް ގިނަ ޢަދަދެއްގެ ނަޖިސްތައް ބޭރުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއު ސަރުކާރަށް އޮއްސާލައިފިއެވެ.
Tharahgee pic.twitter.com/mirPRrVC1X
— SikkaMohoree (@SikkaMohoree) September 3, 2017
އެސަރަހައްދުގެ ފޮޓޯތަކާއި ވީޑިއޯ ތަކާއެކު ގަނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ހިމެނޭ ފޭސްބުކާއި ޓްވިޓަރގައި އެމީހުންގެ ކޮމެންޓްތައް އަޕްލޯޑް ކޮށްފައެވެ. އެއްބަޔަކު ބުނީ މިއީ މިސަރުކާރުގެ ބޮޑު ތަރައްޤީކަމަށެވެ. އޭގެ ތެރެއިން އެކަކު ބުނީ މިއަދު މެންދުރު އޯކިޑް މަގުން ވަރަށް ބާރަށް ތަރައްޤީ ބޭރުވި ކަމަށެވެ. އަދި އޯކިޑްމަގުން ތަރައްޤީ އުތުރި އަރަނީ ކަމަށާއި މުއިއްޒުމެން ނެރެއް ކަނޑާލަން ރަނގަޅު ދިމާލެއް ކަމަށް ވެސް އެކަކު ބުނެފައިވެއެވެ.
Miadhu mendhuru Orchid Magun varah baaru speed ga tharaggee beyru vejje.#hajam pic.twitter.com/TneL72u7YZ
— Machangolhi Dhekunu (@MachangolhiDhek) September 3, 2017
ފާޑު ކިއުންތައް ބޮޑަށް އަމާޒުކޮށްފައި ހުރީ ސަރުކާރުގެ ތެއިން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއަށެވެ. ބައެއް މީހުން އޯކިޑްމަގު މުއިއްޒުވެފައޭވެސް ބުނެފައިވެއެވެ.
Orchid magu ga tharaggee uthuri aranee mi vaguthu. @MMuizzu @MWSC_Official @Raajje_tv @Mihaarunews pic.twitter.com/MatPQkJRRa
— FREE RN (@nooraaneema33) September 3, 2017
މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން މަގުމަތީ ޖަންކްޝަންތައް ފުރި މަގުމައްޗަށް ނަޖިސް ބޭރުވުން ފެންނަމުން ދެއެވެ. އަދި އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.