Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2025 | ހުކުރު 18:52
ކުޅިވަރާއި ބެހޭ ވަޒީރު: ވިދާޅުވީ ފީއަލީ ގައި ހުޅުވި ވޮލީ ކޯޓަކީ މި ސަރުކާރުން ޚަރަދު ކޮށްގެބް ތަރައްގީ ކުރި ތަނެއް ކަމަށް
ކުޅިވަރާއި ބެހޭ ވަޒީރު: ވިދާޅުވީ ފީއަލީ ގައި ހުޅުވި ވޮލީ ކޯޓަކީ މި ސަރުކާރުން ޚަރަދު ކޮށްގެބް ތަރައްގީ ކުރި ތަނެއް ކަމަށް
ޔޫތު މިނިސްޓްރީ
ފ. ފީއަލީ
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން ޔޫތް މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި
ފީއަލީ ކައުންސިލުން ޚަރަދުކޮށްގެން ތަރައްގީކުރި އައުޓްޑޯ ވޮލީކޯޓު މި ސަރުކާރުގެ ބަހެއްނެތި ހުޅުވުމުން ކުޅިވަރު ވަޒީރު ރާފިއު އާއި އެލްޖީއޭގެ ސީއީއޯ ވަނީ އެ ރަށުގެ ކަސުންސިލަށް އިންޒާރު ދީފަ
ކޯޓު ހުޅުވުމުގެ ރަސްމިއްޔާތު ފެށުމުގެ ކުރިން ވަޒީރު ރާފިއު ގުޅުއްވައި އިވެންޓް ކެންސަލްކުރުމަށް އެންގި
ވޮލީކޯޓަކީ ރައީސް ޞާލިހުގެ ސަރުކާރުން ކައުންސިލްގެ އާމްދަނީއަށް ދިން ބަޖެޓު ފައިސާއިން ބާކީކޮށްގެން ތަރައްގީކުރި ތަނެއް

ފ. ފީއަލީ ކައުންސިލުން ޚަރަދުކޮށްގެން ތަރަށްގީ ކުރި އައުޓްޑޯ ވޮލީކޯޓު ރައީސް މުއިއްޒުގެ މި ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު، އެ ރަށުކައުންސިލަށް އިންޒާރުދެއްވައިފި އެވެ.

ފީއަލީ ކައުންސިލުން ޚަރަދުކޮށްގެން ތަރަށްގީ ކުރި މި ވޮލީކޯޓު ރަސްމީ ކޮށް ހުޅުވާފައި ވަނީ ބުރާސްފަތި ދުވަހު ހަވީރު، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުއާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ރަށަށް ވަޑައިގެން އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގަ އެވެ.

ބުރާސްފަތި ދުވަހު ހަވީރު އޮތް އެ ރަސްމިއްޔާތު ފެށުމުގެ ބައިގަޑިއެއްހާއިރު ކުރިން ސްޕޯޓްސް މިނިސްޓަރ ރާފިއު ވަނީ ފީއަލީ ކައުންސިލް ރައީސް މޫސާ އަހުމަދަށް ފޯނުން ގުޅުއްވައި، ކޯޓު އެޅީ ދަައުލަތުގެ ފައިސާއިން ކަމަށް ވިދާޅުވެ، އެ އިވެންޓް ވަގުތުން ކެންސަލްކުރަން އަންގާފައި އެވެ.

މީގެ އިތުރުން އިވެންޓް ކުރިއަށް ދަނިކޮށް އިވެންޓް ކެންސަލްކުރަން ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އެލްޖީއޭ އިންވެސް ކައުންސިލަށް އެންގި އެވެ. އެގޮތުން ވަގުތުން ވަގުތަށް އެ އިވެންޓް ކެންސަލް ކުރުމަށް އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް އެންގެވި އެވެ.

މިކަމާއި ގުޅިގެން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދިއް ޚާއްސަ އިންޓަ ވިއުއެއްގައި ފީއަލީ ކައުންސިލް ރައީސް މޫސާ އަހުމަދު ވިދާޅުވީ އެ ވޮލީކޯޓަކީ ރައީސް ޞާލިހުގެ ސަރުކާރުން ކައުންސިލްގެ އާމަދަނީއަށް ދިން ބަޖެޓު ފައިސާއިން ބާކީ ކޮށްގެން ފީއަލީ ކައުންސިލުން ތަރައްގީކުރި ވޮލީކޯޓެއް ކަމަށެވެ.

މޫސަ ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރު އައުމާއި އެކު އެޕޮއިންޓްމަންޓް ހައްދައިގެން އެ ސަރުކާރުގެ ކުޅިވަރާއި ބެހޭ ވަޒީރު ރާފިއުއާއި ބައްދަލުކުރައްވައި ފީއަލީގައި ކުޅިވަރުދާއިރާއިން ނުވެ ހުރި މަސައްކަތް ތަކާއި ފެށިފައި ނުނިމި ހުރި މަޝްރޫއުތަކެއް ހުރި ވާހަކަ ދެންނެވި ކަމަށެވެ. އަދި އެ މަޝްރޫއުތައް ކުރިޔަށް ގެންގޮސް ނިންމާލަދެއްވުމަށް އެދުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ކަންކަން ބަޖެޓުކުރެވި، ޕްލޭން ވެސް ކުރެވެމުންދާ ކަމަށާއި އެހެން ކަމުން ރައީސް މުއިއްޒުގެ ކެބިނެޓް ބައްދަލުވުމަށް ފަހު، ފަހު ކުއާޓާ ނުވަތަ ދެވަނަ ކުއާޓާގައި ފީއަލީ ކުޅިވަރު މަޝްރޫއުތައް ފައްޓަވައިދެއްވާނޭ ކަމަށް ރާފިއު ވިދާޅުވެފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް އެދުނު އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ވީގޮތަކީ އަޅުގަނޑުމެންގެ ކައުންސިލުން، ވޭތުވެ ދިޔަ ސަރުކާރުން، ރައީސް ޞާލިހުގެ ސަރުކާރުން ބަޖެޓު ދީގެން، 2022 އަދި 2023 ވަނަ އަހަރުގަ ، ބަޖެޓު ފައިސާ އިން ބާކީ ކޮށްގެން، އަޅުގަނޑުމެން އައުޓްޑޯ ވޮލީކޯޓެއް މި ތަރައްގީ ކުރީ. 100 ޕަސެންޓް ކައުންސިލުގެ މަސައްކަތެއް އެއީ. ދެން މި ތަރައްގީ ކުރުމުގެ ކުރީގައި، މި ސަރުކާރު އައިމަ، އަޅުގަނޑުމެން މި ސަރުކާރުގެ ކުޅިވަރާއި ބެހޭ ވަޒީރުގެ އަރިހަށް ޒިޔާރަތެއް ކުރީ، އެއީ ގާތްގަނޑަކަށް ދޮޅުމަސް ކުރިން އެޕޮއިންޓްމަންޓް ހައްދައިގެން. ދެން ރާފިއުއާއި ބައްދަލުކޮށް ދެންނެވިން އަޅުގަނޑުމެން ކުޅިވަރު ދާއިރާއިން މިކަންކަން ނުވެ އެބަހުއްޓޭ. ޒުވާނުންނާއި ގުޅުން ހުރި މަޝްރޫއުތައް ހުއްޓިފައި އެބަ ހުއްޓޭ. މިކަންކަން ކޮށްދެއްވާށޭ. ބުނީ މަ ވިދާޅުވި، މިހާރު ބަޖެޓް ކުރެވިގެން ޕްލޭން ކުރެވިގެންނޭ މިދަނީ، ރައީސްގެ ކެބިނެޓް ބައްދަލުވުމަށް ފަހު ފަހު ކުއާޓާ، ނުވަތަ ދެވަނަ ކުއާޓާގައި އެކަންކަން ކޮށްދޭ ނަމޭ.

ފ. ފީއަލީ ކައުންސިލް ރައީސް މޫސާ އަހުމަދު

މީގެއިތުރުން ވޮލީ ކޯޓުގެ މަސައްކަތް ކުރިއަށްގެންދިޔަ އިރު ސަރުކާރުގެ ފަރާތުން ކައުންސިލަށް އެއްވެސް އެހީތެރިކަމެއް ނުލިބުނުތގާ، ކުރިމަތި ކުރުވީ އުނދަގޫތަކެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ސަރުކާރުގެ މިއަމަލު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ ކުށްވެރިކުރައްވާފައި އެވެ. ޝާހިދު ވިދާޅުވީ ކައުންސިލާއި ރައްޔިތުން ކުރި މަސައްކަތެއްގެ ނިމުން ފާހަގަކުރުން ހުއްޓުވަން ސަރުކާރުން އުޅުމަކީ ހުތުރުކަމެއް ކަމަށެވެ.

- ކޮމެންޓް