ކ. މާލެ
|
8 ސެޕްޓެންބަރ 2025 | ހޯމަ 18:22
ހުޅުމާލޭގައި ދުއްވާފައި އަންނަ ޓެކްސީ ތަކެއް
ހުޅުމާލޭގައި ދުއްވާފައި އަންނަ ޓެކްސީ ތަކެއް
ރާއްޖެއެމްވީ
ޓެކްސީ ޚިދުމަތަށް ބިދޭސީން
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
މިނިވަން ވިޔަފާރިއަކަށް ސަރުކާރުން ވަނީ ޓެކްސީ ވިޔަފާރި ހަލާކުކޮށްލައި، ޓެކްސީ ޑްރައިވަރުން ނިކަމެތި ކުރުމަށް ކަމަށްބުނެ މުޒާހަރާ ކުރުމުގެ ނަތިޖާއެއް ގޮތުން ސަރުކާރުން ޑްރައިވަރުންނަށް ކުރީ ދައުވާއެވެ. ހާލަތާއި، މަންޒަރަށް ބަލާއިރު ކުރިއަށް އޮތްތަނުގައި ޓެކްސީ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މާލޭގެ ކަންމަތީ ވިޔަފާރިތަކާއި، ލޯކަލް މާރުކޭޓުތަކުގެ ގޮޅިތަކުގެ ވިޔަފާރީގެ ކޮންޓްރޯލް ބިދޭސީން ނެގި ގޮތަށް ޓެކްސީ ޚިދުމަތުގެ ވިޔަފާރީގެ ކޮންޓްރޯލް ނެގުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ރާއްޖެއަށް އާދެވުމާއެކު، އަރާ ފުރަތަމަ ކާރު ދަތުރުން ބޯނބުރާ، ނުބައިވަސް ދުވައި، ހޫނުގަދަވެގެން ހައިވޭ މައްޗަށް ފަތުރުވެރިޔާ ފައިބަން ޖެހުމަކީ އޭގެރީތި ނަން ގައުމަށް ލިބޭނެ ކަމެއް ނޫނެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިން ކުރާ ޕޯސްޓުތަކާއި، ދޭ ރިވިއުތަކުގެ އަސަރު މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެއެވެ.

ނަމަވެސް ދައްކަން މިއުޅެނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ވާހަކައެއް ނޫނެއެވެ. ދައްކަން މިއުޅޭ ވާހަކައަކީ އެއަރޕޯޓު ޓެކްސީ ލައިންގައި ގިނަ އަދަދެއްގެ ބިދޭސީން ޓެކްސީ ޚިދުމަތް ދިނުމަށް ކިއުގައި މަޑުކޮށްގެން ތިބޭ ވާހަކައެވެ.

ޓެކްސީ ޚިދުމަތަކީ ޒަމާނުއްސުރެ ދިވެހިންގެ އަތްމަތީގައި އޮތް ވިޔަފާރިއެއް ނަމަވެސް މިވިޔަފާރީގައި ވެސް ދިވެހިން މިދަނީ ފެއަށް ޖެހެމުންނޭ ބުނުމުގެ ޖާގަ އެބަ އޮތެވެ. ރާއްޖޭގެ ގިނަ ވިޔަފާރިތަކުގައި ބިދޭސީންގެ ބާރުވެރިކަން އޮތްނަމަވެސް ޓެކްސީ ޚިދުމަތް ދިނުމުގައި މި ވިޔަފާރީގެ ތެރެއަށްވަނުމަށް މީގެ ކުރިން އެއްވެސް ވަރަކަށް ޖާގަ ލިބިފައިނުވެއެވެ. ނަމަވެސް މިއަދު ޓެކްސީ ދުއްވުމުގައި ގިނަ އަދަދެއްގެ ބިދޭސީން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގިނަ އަދަދެއްގެ ބިދޭސީން ޓެކްސީ ކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާއިރު، މިކަން ބަލާނެ މުއައްސަސާއެއް ނެތެވެ. އެއަރޕޯޓުގެ ކިޔު ބަލަހައްޓަން ތިބޭ އޮފިޝަލުންނަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ދިވެހި ޑްރައިވަރުން ބުނީ، ޓެކްސީ ޚިދުމަތް ދިނުމަށް ގިނަ ބިދޭސީން ހަރަކާތްތެރިވަމުންދާ ކަމަށާއި، ދިވެހިންގެ އަތުން ކާރު ކުއްޔަށް ނަގައިގެން ވެސް މިވިޔަފާރީގައި ނަފާ ނަގަމުންދާ ކަމަށެވެ. އަދި މިވިޔަފާރި ނުކުރެވޭނެ ކަމަށް ބުނި ނަމަވެސް ކޮންމެ މީހަކު ވެސް ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ ކަމަށާއި، މިކަން ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފި

ކަންމިހެން އޮތްއިރު، މިއަދާ ހަމައަށް ޑްރައިވަރުން ކަންބޮޑުވުންފާޅުކުރި އެއްވެސް ކަމަކަށް ހައްލެއް ލިބިފައިނުވެއެވެ. ޓްރާންސްޕޯޓު މިނިސްޓްރީގެ ބަހެއް މިމައްސަލަތަކުގައި ނެތެވެ. އެސްއެމްއީ ލޯނުތަކަށް ގެނެސްފައިވާ ކާރުތަކާއި އަދި މިހާރުވެސް މާލެ އެތެރެކުރެވިފައިވާ ކާރުތައް ރީ ރަޖިސްޓްރީ ނުކޮށް އިތުރު ކާރުތައް ގެނެސް ރަޖިސްޓްރީ ކުރުމުގެ މައްސަލަ ހިމެނެއެވެ. ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ރަޖިސްޓްރީ ކުރާނެ ޕާކިން ސްޕޭސް ކޮބައިތޯއާއި، އަދި ޕާކިން ބިލްޑިންގތައް ކޮބައިތޯ ސުވާލުކުރުން ޑްރައިވަރުން ކުށްވެރިވުން ނޫން ކަމެއް ނުވެއެވެ.

- ކޮމެންޓް