Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2025 | ބުރާސްފަތި 17:19
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގެ އިވެންޓެއްގައި، ކުޑަކުދިންތަކެއް ހިތެއްގެ ބައްޓަމަށް އެތުރިގެން
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގެ އިވެންޓެއްގައި، ކުޑަކުދިންތަކެއް ހިތެއްގެ ބައްޓަމަށް އެތުރިގެން
ޓައިނީ ހާޓްސް
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކުރެވިއްޖެ
ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ މަސައްކަތް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވިއްޖެ
ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން 37 އިންސައްތަ މީހުން މަރުވަނީ ހިތުގެ ބަލިތަކާ ގުޅިގެން
ދުނިޔޭގެ 10 ޤައުމެއްގެ ޕެޓިޝަންގެ ތެރޭގައި ރާއްޖޭގެ ޓައިނީ ހާޓްސްގެ މަސައްކަތް ހިމެނިފައިވޭ

ދުނިޔޭގެ ހިތުގެ ޖަމްޢިއްޔާ (ވޯލްޑް ހާޓް ފެޑެރޭޝަން) އިން މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޗޭންޖް.އޯގް އާއި ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ކެމްޕެއިންގައި ރާއްޖޭގެ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ޕެޓިޝަނަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

މި ކެމްޕެއިންގެ ދަށުން، ލޭގެ ޕްރެޝަރ ބެލުމާއި ފަރުވާ ދިނުމުގެ ޚިދުމަތްތައް ފުޅާކުރުމަށް ގޮވާލައި ދުނިޔޭގެ 10 ޤައުމެއްގެ ޕެޓިޝަނެއް ވަނީ ތައްޔާރުކުރެވިފައެވެ. މި 10 ޕެޓިޝަންގެ ތެރޭގައި ރާއްޖޭގެ ޓައިނީ ހާޓްސްގެ ވާހަކަ ހިމެނިފައިވުމަކީ އެ ޖަމިއްޔާއަަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މިވަގުތު ޓައިނީ ހާޓްސްގެ ޕެޓިޝަން އޮތީ ދެވަނަިގައެވެ. ރާއްޖޭގެ ރައްޔިތުންގެ އެހީތެރިކަމާއެކު މި ޕެޓިޝަން އިތުރަށް ކުރިއަށް ގެންދެވޭނެކަމުގެ އުންމީދު ބޮޑެވެ. މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން ވަނީ މި ކެމްޕެއިންގައި ބައިވެރިވެ، ޕެޓިޝަންގައި ސޮއިކުރުމަށް އާންމުންނަށް ގޮވާލާފައެވެ. ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ހިތުގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގައި ދުނިޔޭގެ ފެންވަރުގައި އަޑުއުފުލައި، ބޮޑު ބަދަލެއް ގެނެވިދާނެކަން މި ކާމިޔާބީން ސާބިތުވެ އެވެ.

2009 ގައި ރަޖިސްޓްރީ ކުރެވުނު ޓައިނީ ހާޓްސް މޯލްޑިވްސް އަކީ، މެދުނުކެނޑި 16 އަހަރުވަންދެން ހިތުގެ ބައްޔަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން 37 އިންސައްތަ މީހުން މަރުވަނީ ހިތުގެ ބަލިތަކާ ގުޅިގެންކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބެވެ. މިކަމަށް ހޭލުންތެރިކަން އިތުރުކޮށް، ކުޑަކުދިންނާއި މުޅި މުޖުތަމަޢު، ހިތުގެ ބަލިތަކުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

- ކޮމެންޓް