Advertisement
ކ. މާލެ
|
21 އޯގަސްޓް 2025 | ބުރާސްފަތި 21:44
މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރުގެ ކައުންސިލު މެމްބަރު މުހައްމަދު ސައިފް ފާތިހު: އޭނާ ވަނީ ކައުންސިލަށް މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާފަ
މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރުގެ ކައުންސިލު މެމްބަރު މުހައްމަދު ސައިފް ފާތިހު: އޭނާ ވަނީ ކައުންސިލަށް މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާފަ
މާލެ ސިޓީ ކައުންސިލް
ކޮރަޕްޝަނުގެ މައްސަލަތައް
ކައުންސިލަށް މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް މާރުކޭޓު އެއްބަސްވުން ހެދި މައްސަލަ އޭސީސީއަށް ހުށަހަޅައިފި
މާލޭގެ މަސް މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު ހަދާފައި އޮތީ 3.5 މިލިއަން ޑޮލަރުގެ ގެއްލުންވާގޮތަށް، އެ އެއްބަސްވުމުގެ މައްސަލަ އޭސީސީއަށް ވަނީ ހުށަހަޅާފަ
އަސްލު އެއްބަސްވުން 6.1 މިލިއަން ޑޮލަރަށް އޮތް މަޝްރޫއު 9.5 މިލިއަން ޑޮލަރަށް އަލުން އެއްބަސްވުން ހެދީ ކާކުކަން ވެސް ނޭންގޭ
ކައުންސިލުގެ ހުއްދައެއް ނެތި ހެދުނު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ލީގަލް އޮފިސަރު ނަސީރު

މާލޭގެ މަސް މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެ ކައުންސިލުގެ ގަލޮޅު އުތުރުގެ ކައުންސިލު މެމްބަރު މުހައްމަދު ސައިފް ފާތިހު ހުށަހަޅުއްވައިފި އެވެ.

މޭޔަރު އާދަމް އާޒިމަށް ސައިފް ފާތިހު ފޮނުއްވި ސިޓީގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކައުންސިލުން ވަނީ ބިޑަށް އިއުލާނުކޮށް އިވެލުއޭޓްކޮށް ވަކި ބަޔަކަށް މަސް މާރުކޭޓުގެ މަސައްކަތް ހަވާލުކޮށްފައި ކަމަށެވެ. އެ މަސައްކަތް އޭރު ހަވާލުކޮށްފައި އޮތީ 6.1 މިލިއަން ޑޮލަރަށެވެ.

މަސް މާރުކޭޓު ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ދެވަނަ އެއްބަސްވުމެއް 9.5 މިލިއަން ޑޮލަރަށް ހަދާފައިވާއިރު، އެ އެއްބަސްވުން ހަދާފައިވަނީ ކުރިންހަދާފައިވާ އޮރިޖިނަލް އެއްބަސްވުމަށް ވުރެ، 3.5 މިލިއަން ޑޮލަރު އިތުރު އަގަކަށެވެ.

މި އެއްބަސްވުނަ ހަދާފައިވަނީ މިހާރުގެ ރައީސް މުއިއްޒު ރައީސް ކަމަށް ހޮވުނު ފަހުން އަދި މޭޔަރު އާޒިމް އެ މަގާމަށް ހަވާލުވުމުގެ ކުރިންނެވެ. އެ އެއްބަސްވުން ހަދާފައި ވަނީ 9.5 މިލިއަން ޑޮލަރަށެވެ.

އޮރިޖިނަލް އެއްބަސްވުމުގައިވާ އަގަށް ވުރެ 3.5 މިލިއަން ޑޮލަރު ބޮޑުކޮށް އެހެން ބަޔަކަށް ދީފައިވާ އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ލީގަލް އޮފިސަރު ނަސީރެވެ. އެހެންވެ، އޭނާގެ މައްސަލަ ބަލައި ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ ދުރުކޮށްދޭން ވެސް ސިޓީގައި އެދިވަޑައިގަތެވެ.

ސައިފް ވިދާޅުވި ގޮތުގައި އެ މައްސަލަ އޮޑިޓު އޮފީހުން ބަލަމުން ދިޔަ ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އެކަން ހުށަހެޅުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ އެކަން މިހާރު ވާނީ އޭސީސީއަށް ހުށަހަޅައިފަ އެވެ.

ސައިފް ވިދާޅުވީ އާ އެއްބަސްވުމެއް ގާއިމުކުރަން ނުވަތަ އާ އެއްބަސްވުމާ ގުޅޭ އެެއްވެސް ކަމަކަށް ކައުންސިލުން ރުހުންދީފައިނުވާކަން އެނގެން އޮތުމާއި ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެ ބާވަތަށް އާ އެއްބަަސްވުމެއް ގާއިމުކުރުމާއި އެއްބަސްވުމުގެ އަގަށް ބަދަލު ގެނައުމަކީ ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

އެކަމުގެ ސަބަބުން ކައުންސިލުގެ މައްޗަށް ބޮޑެތި އިލްތިޒާމުތަކާއި ތަކުލީފުތައް އުފުލަންޖެހިފައިވާތީ އާއި އެއީ ވަކި ބަޔަކަށް ނުހައްގުން މަންފާއެއް ހޯދައިދޭން ރިޝްވަތުގެ މަޅީގައި ޖެހި ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއް ކަމަށް ބުރަވެވޭ ކަމަށް ފާތިހު ވިދާޅުވެފައި ވެއެވެ.

އެހެންވެ އެކަން ކުރީ ކޮން ސަބަބަކާ ހެދިތޯ އާއި ކޮން މަގްސަދެއްގައި ކޮން އިޖުރާއަތެއްގެ ދަށުން ކާކުގެ އެންގުމަށްތޯ އާއި އެހެނިހެންކަންކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ނަސީރު، އަންނަ ބުދަ ދުވަހުގެ ކައުންސިލުގެ ޖަލްސާއަށް ހާޒިރުކޮށްދޭން ސައިފް އެދިވަޑަައިގެންފައިވެ އެވެ.

- ކޮމެންޓް