ކ. މާލެ
|
16 އޯގަސްޓް 2025 | ހޮނިހިރު 16:40
މީގެކުރިން ރާއްޖޭގައި ބޭއްވުނު ޖޫނިއަރ ޓެނިސް މުބާރާތެއްގެ ތެރެއިން
މީގެކުރިން ރާއްޖޭގައި ބޭއްވުނު ޖޫނިއަރ ޓެނިސް މުބާރާތެއްގެ ތެރެއިން
ޓީއޭއެމް
ޓެނިސް
ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ޓެނިސް ފެޑްރޭޝަންގެ ޓެނިސް މުބާރާތް ފަށައިފި
އައިޓީއެފް ޖޭ30 ޓެނިސް މުބާރާތުގައި ރާއްޖޭގެ ޖޫނިއަރ ގައުމީ ޓެނިސް ޓީމުގެ ކުޅުންތެރިންގެ އިތުރުން އެމެރިކާ، އޮސްޓްރޭލިއާ، ޔޫކްރެއިން، ރަޝިޔާ، ފްރާންސް، ޗައިނާ، ސިންގަޕޫރު، ތައިލޭންޑް، އިންޑިއާ، ސައުދީ އަރަބިއްޔާ އަދި ސްވިޓްޒަލޭންޑް ފަދަ ގައުމުތަކުގެ ކުޅުންތެރިން ބައިވެރިވޭ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ޓެނިސް ފެޑްރޭޝަން (އައިޓީއެފް) ގެ ޓެނިސް މުބާރާތް ފަށައިފި އެވެ.

މިއަހަރުގެ އޮގަސްޓް 16 އިން އޮގަސްޓް 30 ގެ ނިޔަލަށް މާލޭ ޓެނިސް ކޯޓުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ނަމަކީ "އައިޓީއެފް ޖޭ30" އެވެ.

އަށާރަ އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށް ބާއްވާ މި މުބާރާތުގައި ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ އެކި ގައުމު ތަކުގެ 32 ކުޅުންތެރިން ވާދަ ކުރެއެވެ. މުބާރާތުގައި އަންހެން އަދި ފިރިހެން ބައިގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓްތައް ކުރިޔަށްދާނެއެވެ.

އައިޓީއެފް ޖޭ30 ޓެނިސް މުބާރާތުގައި ރާއްޖޭގެ ޖޫނިއަރ ގައުމީ ޓެނިސް ޓީމުގެ ކުޅުންތެރިން ބައިވެރިވެއެވެ. މީގެ އިތުރުން މި މުބާރާތުގައި އެމެރިކާ، އޮސްޓްރޭލިއާ، ޔޫކްރެއިން، ރަޝިޔާ، ފްރާންސް، ޗައިނާ، ސިންގަޕޫރު، ތައިލޭންޑް، އިންޑިއާ، ސައުދީ އަރަބިއްޔާ އަދި ސްވިޓްޒަލޭންޑް ފަދަ ގައުމުތަކުގެ ކުޅުންތެރިން ބައިވެރި ވެއެވެ.

ރާއްޖޭގައި މިދިޔަ އަހަރު ވަނީ ޖޫނިއަރ ކުޅުންތެރިނަށް ހާއްސަ ކޮށްގެން އޭޝިއަން ޓެނިސް ފެޑްރޭޝަންގެ ދެ މުބާރާތެއް ބާއްވާފައެވެ. އެކި ގައުމުތަކުގެ ކުޅުންތެރިން ބައިވެރިވި މުބާރާތުގައި ދިވެހި ކުޅުންތެރިން ވަނީ މަތީ ކާމިޔާބީތަކެއް ހޯދާފައެވެ. ހާއްސަ ގޮތެއްގައި މި ދެމުބާރާތުގެ ވެސް އަންހެން ސިންގަލަސް ޗެމްޕިއަންކަން ހާސިލް ކޮށްގެން، ގައުމީ ޓެނިސް ޓީމުގެ ތަރި، އާރާ އާސާލް އާޒިމް ހޯދި ކާމިޔާބީ ފާހަގަ ކޮށްލެވެއެވެ.

ގައުމީ ޓެނިސް އެސޯސިއޭޝަން ގެ ފަރާތުން ވިދާޅުވީ މި މުބާރާތުން ދިވެހި ކުޅުންތެރިންގެ ފަރާތުން ރާއްޖެ ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ހޯދޭނެ ކަމުގެ އުއްމީދު ބޮޑުކަމުގައެވެ.

- ކޮމެންޓް