ކ. މާލެ
|
10 އޯގަސްޓް 2025 | އާދީއްތަ 14:20
އިސްރާއީލުގެ ޓެލް އަވީވްގައި ހިނގި މުޒާހަރާގެ ބައިވެރިވަނީ ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށާއި ޣައްޒާ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ގޮވާލާފައެވެ - 9 އޮގަސްޓް 2025
އިސްރާއީލުގެ ޓެލް އަވީވްގައި ހިނގި މުޒާހަރާގެ ބައިވެރިވަނީ ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށާއި ޣައްޒާ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ގޮވާލާފައެވެ - 9 އޮގަސްޓް 2025
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
ޣައްޒާ ހަނގުރާމަ ފުޅާ ކުރުމަށް ނަތަންޔާހޫ ގެންގުޅޭ ސިޔާސަތާ ދެކޮޅަށް އެތައް ހާސް މީހުން އިސްރާއީލުގެ މަގުތަކަށް ނުކުމެއްޖެ
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ސިޔާސަތާ ދެކޮޅަށް، ތެލްއަވީވްގެ މަގުމައްޗަށް އެތައް ހާސް ބަޔަކު ނުކުމެއްޖެއެވެ. ރަހީނުން ދޫކޮށްލުމަށާއި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، މުޒާހަރާކުރި މީހުން ވަނީ ނަތަންޔާހޫގެ ސަރުކާރަށް ހަރުކަށި އިންޒާރުތަކެއް ދީފައެވެ.

ޣައްޒާ ހަނގުރާމަ ފުޅާ ކުރުމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅޭ ސިޔާސަތާ ދެކޮޅަށް އެތައް ހާސް މީހުން އިސްރާއީލުގެ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފިއެވެ.ޣައްޒާގެ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ގޮވާލައި ހޮނިހިރު ދުވަހު ތެލް އަވީވް ގައި ކުރި މުޒާހަރާ ގައި ނަތަންޔާހޫގެ ސިޔާސަތުތަކަށް ނުހުރުން ފާޅު ކޮށް ޣައްޒާގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން ދޫކޮށްލުމަށް ގޮވާލާ ބެނާތައް އުފުލާފައި ވެއެވެ.އޭއެފްޕީގެ ނޫސްވެރިން ބުނާ ގޮތުގައި މުޒާހަރާގައި ދިހަ ހާހަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. ނަމަވެސް ރަހީނުންގެ ޢާއިލާތަކުގެ ޖަމްޢިއްޔާއިން ބުނާގޮތުގައި މުޒާހަރާގައި 100،000 މީހުން ބައިވެރިވިއެވެ. އޮފިޝަލް އަދަދެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.މި މުޒާހަރާ ބޭއްވުނީ ނަތަންޔާހޫގެ ސަރުކާރުން ޣައްޒާ ސިޓީ ހިފުމަށް ނިންމި ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ. މި ނިންމުމާމެދު ގައުމީ އަދި ބައިނަލްއަގްވާމީ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.މުޒާހަރާ ގެ ބައިވެރިއަކު އޭއެފްޕީ އަށް ބުނީ ޣައްޒާ އަށް އިސްރާއީލު ސިފައިން އަރާ ހިންގާ އަސްކަރީ ހަރަކަތެއްގެ ނަތީޖާ އެއް ގެ ގޮތުން ރަހީނުން މަރުވެއްޖެ ނަމަ، "އަހަރެމެން ކޮންމެ ތަނެއްގައި ވެސް ނަތަންޔާހޫ އާ ދެކޮޅަށް ތެދުވާނަން" ކަމަށެވެ.251 ރަހީނުންގެ ތެރެއިން މިހާރު ހާމާސް ގެ ބާރުގެ ދަށުގައި ތިބި ކަމަށް ބެލެނީ 49 މީހުންނެވެ. އޭގެ ތެރެއިން 27 މީހުން ވަނީ މަރުވެފައި ކަމަށް އިސްރާއީލްގެ ސިފައިން ބުނެއެވެ.

- ކޮމެންޓް