ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 09:51
ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ
ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ
ދި ނިއުސް
ހައްޖު 1438
ގެފުޅު އުރަކޮޅު ބަދަލުކޮށްފި
އުރަކޮޅު ބަދަލުކުރުމަށް ދެ ގަޑިއިރު ހޭދަވި
އުރަކޮޅަށް 670 ކިލޯގެ ސިލްކް، 120 ކިލޯގެ ރަންރިހީގެ ރޮދި ބޭނުންކުރޭ
އުރަކޮޅުގެ އަގަކީ ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކޮށް ނިންމާލައިފި އެވެ.

ގެފުޅުގެ އުރަކޮޅު، ބަދަލު ކުރުމުގެ މަސައްކަތް ފަތިސް ނަމާދަށް ފަހު ފެށި އިރު އެ މަސައްކަތް އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 02:00 ވަނީ ހޭދަކޮށްފަ އެވެ.

 ކަޅުކުލައިގެ ސިލްކާއި ރަންރިހީގެ ރޮދިން ވިޔެފައިވާ ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ކޮންމެ އަހަރެއްގެ ވެސް ހައްޖު ދުވަހު އެވެ. 

 

ނަވާރަ ސަތޭކަ ހަތާވީސް ވަނަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ވިޔުމަށްޓަކައި މައްކާގައި ހާއްސަ ފެކްޓްރީގެއް ގާއިމުކޮށްފައިވާއިރު، އުރަކޮޅު ތައްުޔާރުކުރުމަށް ގާތްގަނޑަކަށް 670 ކިލޯގެ ސިލްކާއި 120 ކިލޯގެ ރަންރިހި ބޭނުންކުރެ އެވެ. އުރަކޮޅު ފެހުމަށް ސިލްކް ސްވިޒަލޭންޑާއި އިޓަލީން ގެންނައިރު، ރަންރިހީގެ ރޮދި ގެންނަނީ ޖަނަރުމަނުންނެވެ. 

މި އުރަކޮޅި ފެހުމަށް ކޮންމެ އަހަރަކު ހަ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ހޭދަކުރެ އެވެ. އުރަކޮޅު ވިޔުމަށް ގާތްގަނޑަކަށް 200 ވަރަކަށް މުވައްޒަފުން އުޅެ އެވެ. 

ކޮންމެ އަހަރަކުވެސް އުރަކޮޅު ހަދާ ނިމުމަށްފަހު، އަނެއް އަހަރުގެ އުރަކޮޅުގެ މަސައްކަތް މިކަމަށް ހާއްސަކުރެވިފައިވާ ފެކްޓްރީން ފަށަ އެވެ.

 

ގެފުޅު އެންމެ ފުރަތަމަ ބިނާ ކޮށްފައިވަނީ އިބްރާހީމްގެ ފާނެވެ. އެއަށް ފަހު އެކި ޒަމާތްކުގައި ގެފުޅަށް ބަދަލުތައް ގެނެސްފައިވެ އެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް