ކ. މާލެ
|
27 ޖުލައި 2025 | އާދީއްތަ 18:49
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އެރުވި ޑްރޯން ޝޯވްގެ ބައެއް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި ރައީސް ޔާމީން
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އެރުވި ޑްރޯން ޝޯވްގެ ބައެއް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި ރައީސް ޔާމީން
ރާއްޖެއެމްވީ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް
ރައީސް މުޢިއްޒު: ތިއޮތް ޝުކުރުގެ ލިސްޓެއްތާއެ!
"ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ކުރީ ދެ ސަރުކާރުން ކުރި މަސައްކަތަކުގެ އަގު ވަޒަން ނުކޮށް، ރައީސް މުއިއްޒަށް އެކަނި ޝުކުރު އަދާކޮށް ވައިގެ ތެރޭގައި ޑްރޯންތަކުން ނަން ފާހަގަކޮށްފި. ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެން ޑްރޯން ޝޯވްއެއް ދެއްކިޔަސް، މި ޕްރޮޖެކްޓަކީ ކުރީގެ ދެ ސަރުކާރުން ނިންމި ގިނަ މަސައްކަތްތަކެއް ހިމެނޭ މަޝްރޫޢެކެވެ."

ޖަލްސާ އެއް ބޭއްވިޔަސް ހަފްލާ އެއް ބޭއްވިޔަސް އެއް އައިޓަމަކަށް ވާނީ ހަމަ ގައިމުވެސް ޝުކުރުގެ ވާހަކައެވެ. ކިތަންމެ އަވަސް އަރުވާލިޔަސް، ކިތަންމެ ވަގުތު ތަން ނުދިނަސް ޝުކުރުގެ ވާހަކަ ކުރުކޮށްލާނީ އެލިސްޓަށް ލާންޖެހޭ އެންމެންނަށް ޝުކުރު އަދާކުރެވުނުކަން ޔަގީން ކޮށްފައެވެ. ޖަލްސާއެއްގެ ނުވަތަ ހަފްލާއެއްގެ އެންމެ ބުރަ ބޮޑު ޒިންމާ އަކީ ޝުކުރުގެ އައިޓަމް ފުރަން ޖެހުން ކަމުގައި ބުނެވެނީ ވެސް މިހެންވެގެންނެވެ.

ދިވެހިންގެ އާދަކާދައާއި ސަގާފަތައް ބެލިޔަސް ނާޝުކުރުވެރި ވުމާއި ހަރާމު ޒާދާވުން މިއީ ދިވެހިންނަށް ވަރަށްް ހުތުރު އައިބު ކަމެކެވެ. ފަރުދީ ހައިސިއްޔަތުން ބެލިޔަސް ތިމާ މީހާއަށް ކިތަންމެ ކުޑަކަމެއް ކޮށްދިން މީހާ އަށްވެސް މުޅި އުމުރު ދުވަހު ޝުކުރުވެރި ވުމަކީ ދިވެހިންގެ ތަބީއަތް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެހެންވީމަ އަޅުގަނޑުމެންގެ ވެރިމީހާގެ ކިބައިން އަޅުގަނޑުމެން އުންމީދު ކުރާނީ މިދެންނެވި ޝުކުރުވެރިކަމުގެ ސިފަ އެވެ. އަޅުގަނޑުމެން ދެކެނީ މިގަމުގެ ކަންކަމުގައި ޝުކުރުގެ ނާޅިން އެމަނިކުފާނު ކަންކަން މިނެވަޑައިގަންނަވާނީ ނިކަން އިޚްލާސްތެރިކޮށް ކަމަށެވެ. އެކަމަކު ކަންވެގެން ދިޔައީ ދިމާ އިދިކޮށެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ބޮޑުބައިގެ މަސައްކަތް ނިންމި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަށް ޝުކުރު އަދާކޮށް ވައިގެ ތެރޭގައި ޑްރޯންތަކުން ނަން ފަވައިފި އެވެ.

ވެލާނަ އިންޓަނޭޝަނަލް އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ބޮޑު ސަޕްރައިޒެއް އޮތްވާހަކަ އަޑުއެހީމުއެވެ. ސީދާ އެ ސަޕްރައިޒް އަކީ ކޮންކަމެއްކަން ނޭންގުނަސް ގިނަ ބަޔަކަށް ލިބުނު ސަޕްރައިޒް އަކީ ޖުމްލަ 20 މިނެޓަށް ދިގުދެމިގެންދިޔަ އެ ޑްރޯން ޝޯވް އެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ ގުޅޭ ބައެއް މަންޒަރުތަކާއި ރާއްޖޭގެ ރީތިކަމާ ގުޅޭ މަންޒަރުތަކުގެ އިތުރުން ދިވެހިވަންތަކަން ފެންނަ ބައެއް މަންޒަރުތައް ޑްރޯންތަކުން ވައިގެ ތެރޭގައި ފަވައިލި އެވެ.

އެ ޑްރޯން ޝޯވްގެ މެދުތެރެއިން ފެނުނު އެންމެ ތަފާތު މަންޒަރަކީ "ޝުކުރިއްޔާ ޑރ. މުހައްމަދު މުޢުއްޒު" ޑްރޯންތަކުން ފަވައިލުމެވެ. ޑްރޯން ޝޯވްގައި މުއިއްޒުއަށް ޝުކުރު އަދާކުރި ނަމަވެސް، އެ ޓާރމިނަލަށް ބޭނުންވާ ފައިސާ އާއި މަސައްކަތުގެ ބޮޑުބައި ނިންމީ ކުރީ ދެ ސަރުކާރުންނެވެ.

މިލިއަނުން ހަރަދުކޮށްގެން ހަވާ އަރުވާ ކުލަ ބޮކި ތަކާއެކު ބޭއްވި ރަސްމިއްޔާތުގައި ހުޅުވި އައު ޓާރމިނަލް ބިލްޑިންގެ ބައެއް މަސައްކަތް އަދިވެސް ނުނިމެއެވެ. ލިބުނު މައުލޫމާތު ދޮގު ނުވާނަމަ އެއަރޕޯޓުގެ ޓާރމިނަލް އިމާރާތުގެ މަސައްކަތްތައް ނިންމަން އަދިވެސް މަސްތަކެއް ނަގާނެއެވެ.

އަރުވާ ޑްރޯންތަކުން ރައީސް މުއިއްޒުގެ އިސްކޮޅު ސޫރައެއް ދެއްކިއަސް އެތަން ނިމިގެން ހުޅުވިކަމަކަށް ނުވާނެ އެވެ. ކިތަންމެ ޖަރީ ކުރިޔަސް ބަޔަކު ކުރި މަސައްކަތެއްގެ ރީތިނަން އަމިއްލައަށް ދަމައިގަނެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެކެވެ. މާލެގެ 19 ސަރަހައްދެއްގައި މަތީގައި ކިތަންމެ ލާރިއެއް އެންދިޔަސް އެތަނަކީ މުއިއްޒު ފަށައިގެން ނިންމަވާ ރިބަންފަށް ކަނޑާލާ ޓަރމިނަލަކަށް ނުވާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާރމިނަލްގެ މަސައްކަތް 357 މިލިއަން ޑޮލަރަށް ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލު ކުރީ ޖުލައި 22، 2016 ގަ އެވެ. 43 މަސްދުވަސް ތެރޭގައި ނިންމާ ގޮތަށް އެއްބަސްވެގެން ސޮއި ކުރި އެ މަޝްރޫއުގެ ޕައިލިންގ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

2018 ގައި ވެރިކަން ބަދަލުވިއިރު، އާ ޓާރމިނަލްގެ މަސައްކަތް އޮތީ އެއްކޮށް މަޑުޖެހިފަ އެވެ. އާ ޓާރމިނަލުގެ މަސައްކަތްތައް އަލުން ފަށަން ނިންމީ 2019 ވަނަ އަހަރުގެ ޖޫން 27 ގަ އެވެ.

އޭގެފަހުން 2022 ގައި ރައީސް ޞާލިޙް ގެ ސަރުކާރުން އެ މަޝްރޫއުއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމި އެވެ. އެގޮތުން އެއަރޕޯޓުގެ ބޭރުގައި ހިރިގަލު ޑިޒައިންގެ އާ ފަސާޑެއް ޖެހުމާއި އެތަނުގެ ވައިދައުރުވާ ނިޒާމާއި އެއަރ ކޮންޑިޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އޭޕްރިލް 24، 2022 ގައި ހަވާލުކުރި އެވެ. އަދި މި ސަރުކާރާ ވެރިކަން ހަވާލުވިއިރު، އާ ޓާރމިނަލުގެ ބެގެޖް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ވެސް އޮތީ ހަވާލުކޮށްފަ އެވެ.

- ކޮމެންޓް