ކ. މާލެ
|
30 އޯގަސްޓް 2017 | ބުދަ 11:33
ޓެކްސަސްގެ ހިއުސްޓަންގައި ފެންބޮޑުވެފައިވާ ސަރަހައްދެއް
ޓެކްސަސްގެ ހިއުސްޓަންގައި ފެންބޮޑުވެފައިވާ ސަރަހައްދެއް
ސީ.އެން.އެން
ތޫފާން ހާވި
ތޫފާން ހާވީ: ޓެކްސަސް ސްޓޭޓްގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ޒިޔާރަތް ކުރައްވައިފި
ތޫފާން ހާވީގެ ސަބަބުން ޓެކްސަސް އިން މިހާތަނަށް 12 މީހުން މަރުވެފައިވޭ

އެމެރިކާގެ ޓެކްސަސް ސްޓޭޓް އަށް ތޫފާން ހާވީ އަރާ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ޓެކްސަސްގެ ހާލަތު ބެއްލެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު އެ ސްޓޭޓް އަށް ޒިޔާރަތް ކުރައްވައިފިއެވެ. 

ޓެކްސަސްގައި ހުންނަވާ ވާހަކަފުޅުދައްކަވަމުން ރައީސް ޓްރަމްްޕް ވިދާޅުވީ "މިހާތަނަށް އެއްވެސް މިހާކަށް މިފަަދަ ކަމެއް ފެނިފައިނުވާ ކަމަށާއި" ތޫފާން ހާވީގެ ކަންކަން ނިމި ހުރިހާ ކަމެއް ހަމައަކަށް އެޅުމުން އެންމެން އެންމެންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. 

ތޫފާން ހާވީ އެރުމުގެ ސަބަބުން ޓެކްސަސް ސްޓޭޓުގެ ސިޓީއެއް ކަމަށްވާ ހިއުސްޓަން އަށް އެކަނިވެސް 50 ބިލިއަން ޑަލަރުގެ ގެއްލުންވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ތޫފާން ހާވީ އަރާ ޓެކްސަސް އަށް ބޯކޮށް ވާރޭވެހެމުންދާއިރު މިހާތަނަށް އެ ސްޓޭޓް އިން މަދުވެގެން 12 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތްފަހުން ދިމާވި ފުރަތަމަ ގުދުރަތީ ކާރިސާ އަކީ ތޫފާން ހާވީ ކަމަށްވާއިރު، އެމަނިކުފާނު ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ތޫފާން ހާވީ އިން ލިބިފައިވާ އަދި ލިބެމުންދާ ގެއެްލުންތަކުން އަރައިގަތުމަކީ "ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށާއި"  އެހެން ނަމަވެސް އެމެރިކާގެ މައި ސަރުކާރުން ތިބީ ތޫފާނުގެ ސަބަބުން ޓެކްސަސް އަށް ލިބުނު ގެެއްލުންތަކުން އަރައިގަތުމަށް އެހީ ވުމަށް ތައްޔާރަށް ކަމަށެވެ.

އެމެރިކާގެ ޓެކްސަސް ސްޓޭޓް އަށް ތޫފާން ހާވީ ހުކުުރު ދުވަހު އަރާ ވެހެމުންދާ ވާރޭއާ ގުޅިގެން ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. 

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވޭއިރު އެމެރިކާގެ ފެޑެރަލް އިމާޖެންސީ މެނޭޖްމަންޓް އެޖެންސީގެ ޑައިރެކްޓާ ބްރޮކް ލޮންގް ހޯމަ ދުވަހު ވިދާޅުވީ ޓެކްސަސްގެ 50 ކައުންޓީއަކަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ކަަމަށާއި ހަމައެކަނި ވޭތުވެދިޔަ ތިން ދުވަހު އެކަނިވެސް "ހަމަހަށް ވާވަރަށް ވާރޭ ވެހިފައިވާ ކަމަށެވެ."

 

 

 

 

 

- ކޮމެންޓް