ބޭންކް އޮފް މޯލްޑިވްސްއިން ރ. ދުވާފަރުގައި ބޭންކުގެ ބްރާންޗެއް ހުޅުވައި ޚިދުމަތް އިތުރަށް ފުޅާކޮށްފިއެވެ. ހޮނިހިރުދުވަހު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއަރޕަރސަން އަޙްމަދު ޢަލީ ޙަބީބު އަދި ޑެޕިއުޓީ ސީއީއޯ އެންޑް ޗީފް އޮޕަރޭޓިންގ އޮފިސަރ ސަހާ ވަޙީދު ބައިވެރިވެވަޑައިގެން ނެވިއެވެ.
ދުވާފަރުގައި ހުޅުވި އައު ބްރާންޗުން "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން ދެމުންދާނީ އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް އިސްކަންދީގެންނެވެ.
މިއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗް، 133 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު، 188 އޭޓީއެމް، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިންގ ޚިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ހައްލުތަކާއެކު، ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބޭންކުގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. ބޭންކުގެ ޚިދުމަތް ލިބޭ ތަންތަން އިތުރުކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަރޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން މަސައްކަތްކުރަމުން ދާނެއެވެ.
We are continuing to expand our services in Raa Atoll with the opening of a new BML Islamic Branch at Dhuvaafaru, our 40th branch to open across the country!
— Bank of Maldives (@bankofmaldives) July 19, 2025
This branch will offer a full range of Islamic banking services to the community focusing on our “Islamic Finance First”… pic.twitter.com/JXy32ePfw5
1982 ވަނަ އަހަރު ބޭންކުގެ ފުރަތަމަ ބްރާންޗް ހުޅުވީ މާލޭގައެވެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، މާލީ ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުންވެސް ބޭންކިންގ ޚިދުމަތް ލިބޭނެ ގޮތަށް ބޭންކުން ދަނީ ޚިދުމަތްތައް ފުޅާކުރަމުންނެވެ. އެގޮތުން ދުވާފަރުގައި ހޮނިހިރުދުވަހު ހުޅުވިގެން ދިޔައީ ބޭންކުގެ 40 ވަނަ ބްރާންޗެވެ.