މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫ މަސްރޭސް 2025 މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަން އިއުލާނުކޮށްފިއެވެ.
ރެޖިސްޓަރ ކުރުމަށް 12 މީހުން ހިމެނޭ ޓީމް ( ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން) ހެދުމަށްފަހު އޮންލައިކޮށް ފޯމް ފުރާލާ
ކޮންމެ މަސް ރޭހެއްގައިވެސް މުޅިއަކު 80,000+ރ ގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ ތެރޭގައި
ޗެމްޕިއަން ޓީމް: 25000ރ
ދެވަނަ ޓީމް: 10000ރ
ތިންވަނަ ޓީމް: 5000ރ
އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމު ދެވިގެން ދާނެއެވެ.
🎣#OoredooMasrace2025 mifaharu 2 rasheh gai. 🎣
— Ooredoo Maldives (@OoredooMaldives) July 17, 2025
✨22 August 2025 - K. Huraa
✨29 August 2025 - Sh. Funadhoo
Jaaga husvumuge kurin team resgiter kurahvaa 👉 https://t.co/BKxGQVXdMw
Baiverivumuge fahu dhuvahaky 30 July 2025@MFORmv pic.twitter.com/9h4OSwPwnx
އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑަށް ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. އުރީދޫ މަސްރޭސް 2025 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. 16 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ. އުރީދޫ މަސްރޭސް 2025 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަރުހަބާ ކިޔައެވެ.
އުރީދޫ މަސްރޭސް 2025 ގައި ރަޖިސްޓްރީވުމަށް، އުރީދޫގެ ވެބްސައިޓް މެދުވެރިކޮށްރެޖިސްޓްރީކުރެވެނެއެވެ: http://ore.do/masrace2025