ދެކުނު ފަރާތުގައި އަލަށް ހެދި ނެރުކައިރީ އޮތް ތޮށިގަނޑަށް އަނެއްކާ ވެސް ލޯންޗެއް އަރައިފިއެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާދސާ ހިނގާފައިވަނީ މިރޭ 06:51 ހާއިރު ކަމަށެވެ. މުއިރީ 1 ނަމަކަށް ކިޔާ ލޯންޗެއް މާލޭ ދެކުނު ފަރާތު ނެރު ކައިރީއޮތް ތޮށިގަނޑު މައްޗަށް އަރާފައިވާ އިރު ލޯންޗުގައި 4 މީހުން އެވަގުުތު ތިއްބެވެ. އަދި އޭގެތެރެއިން ތިން މީހުނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަަމަށް އެމްއެންޑީއެފުން ބުނެ އެވެ
މިދިޔަ ހަފްތާގެ ތެރޭގައިވެސް މާލޭ ދެކުނު ފަރާތު ނެރުމައްޗަށް ލޯންޗެއް އެރުމުގެ ދެ ހާދިސާއެއް ހިނގާފައިވާއިރު، އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން، އެންމެ ބޮަޑަށް ކުށްވެރި ކުރަނީ، އެސަރަހައްދުން ނެރު ކެނޑި މައްސަލައެވެ. އެނެރު ކަނޑާފައިވާ ސަރަހައްދަކީ ރާޅު ނަގާ ސަރަހައްދަކަށްވާއިރު، ނެރުން ވަދެ ނިކުންނަށް ދަތިތައް ދިމާވާކަމަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ބުނެ އެވެ.
އަންގާރަ ދުވަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ،ވަގުތީ ގޮތުން މާލޭ ދެކުނު ފަރާޔުން ކެނޑި ނެރު ބަންދުކުރަންޖެހޭ ކަމަށާއި އުޅަނދުފަހަރަށް ކައިރިކުރެވޭނެ އެހެން ޖާގައެއް ހޯދާއިދޭން ޖެހޭ ކަމަށެވެ. އެ ނެރުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި . މިފަދަ ކަމެއް ހައުސިން މިނިސްޓްރީން ކޮށްފައި ވަނީ އެއްވެސް ދިރާސާއެއް ހެދުމެއް ނެތި ކަަމަށް ޝިފާ ވިދާޅުވި އެވެ.