Advertisement
ކ. މާލެ
|
12 ޖުލައި 2025 | ހޮނިހިރު 22:49
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ރާއްޖެއެމްވީ
ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑު: މައްސަލަތައް އިސްލާހުކުރަން އަންގައިފި
ބައެއް ދަތުރުތަކުގައިށް 700ރ. އަދި ބައެއް ދަތުރުތަކުގައި 1،500ރ. ރޭޓުން ފައިސާ ދޫކޮށްފައިވޭ

ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑުން ފާހަގަވާ މައްސަލަތައް އިސްލާހުކުރަން އަންގައިފިއެވެ.

އޮޑިޓް ރިޕޯޓުން ފާހަގަކުރެވޭ ކަންކަމަށް ބަލާއިރު، އޮޑިޓް ރިޕޯޓުން އެނގެން އޮތް ގޮތުގައި ތިނަދޫ ކައުންސިލަށް 2023 ވަނަ އަހަރުގެ ނިޔަލަށް ލިބެން ޖެހެނީ 7.07 މިލިއަން ރުފިޔާއެވެ. ކައުންސިލްގެ ރަޖިސްޓްރީގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ބިންތަކުން 3.06 މިލިއަން ރުފިޔާ ލިބެން ޖެހެއެވެ. އޭގެ ތެރެއިން ލިބިފައި ވަނީ 2.23 މިލިއަން ރުފިޔާއެވެ.

ހަމައެހެންމެ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރަޖިސްޓްރީގައި ލިބެންޖެހޭ އަދަދުގެ ގޮތުގައި 459،991ރ. ހިމަނާފައިނުވާތީ ލިބެންޖެހޭ ފައިސާގެ ގޮުގައި ހިމަނާފައި ވަނީ ސައްހަ ނޫން އަދަދެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓްގައި ތިނަދޫ ސިޓީ ކައުންސިލުން 2023 ވަނަ އަހަރު ކޮށްފައިވާ ދަތުރުތަކުގެ އެލަވަންސް ދިނުމުގައި މާލިއްޔަތު ޤާނޫނާއި ޚިލާފުވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ދަތުރުތަކަށް ހުރުމުގެ ހަރަދުގެ ގޮތުގައި ދޭން ޖެހެނީ ރެއަކާއި ދުވާލަށް500ރ. ރޭޓުންނެވެ. ނަމަވެސް ބައެއް ދަތުރުތަކުގައިށް 700ރ. އަދި ބައެއް ދަތުރުތަކުގައި 1،500ރ. ރޭޓުން ފައިސާ ދޫކޮށްފައިވެ އެވެ.

- ކޮމެންޓް