ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަން ރާއްޖެ އައުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށައިފި އެވެ.
އަމީތާބު ރާއްޖެ އަންނަނީ ސެޕްޓެމްބަރު މަހު ބާއްވާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ސައުތު އީސްޓް އޭޝިއާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމެއްގައި ބައިވެރިވުމަށެވެ.
އަމީތާބު ރާއްޖެ އަށް ކުރާ ދަތުރު ބޮއިކޮޓް ކުރުމަށް ގޮވާލާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ ލީޑަރުން ޖަލަށް ލާފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީން ދީފައިވާ ހައްގުތަކާއި މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
Sir @SrBachchan,our leaders are jailed. We are deprived of our constitutional rights & freedom. Please boycott your trip to #Maldives
— Ahmed Mahloof (@AhmedMahloof) August 28, 2017
މަހްލޫފު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގައި ކޮންފަރެންސެއް ބާއްވާއިރު، ޖަލަށް ލާފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ރާއްޖޭން ބޭރުން ބޭސްފަރުކުރުމުގެ ފުރުސަތު ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ.
While @WHO has organized the conference in #Maldives ex VP Adheeb&JP leader Qasim is denied from urgent medical treatment abroad @SrBachchan pic.twitter.com/fhdUB7hdJ5
— Ahmed Mahloof (@AhmedMahloof) August 28, 2017
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާރު މިއޮތް ސަރުކާރުން ގައުމުގެ މުއްސަނދިކަން ލޫޓުވައި، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާ ކަމަށެވެ. އެހެންވެ، އަމީތާބުގެ ދަތުރު ކެންސަލް ކުރުމަށް އޭނާ ވެސް ގޮވާލާފައިވެ އެވެ.
.@SrBachchan, MV regime looting our wealth. obstructing freedom of assembly freedom of speech. Plz cancel ur official trip to #Maldives
— Thayyib Shaheem (@thayyib) August 28, 2017
އަމީތާބު ޓެގްކުރައްވާ، އެމްޑީޕީގެ މީދޫ ދާއިރާގެ ރައީސް މުހައްމަދު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ދެނެގަތުމަށް ގޮވާލައިފަ އެވެ. އަމީތާބު ރާއްޖެ އަންނައިރު، އިދިކޮޅު ހުރިހާ ޕާޓީއެއްގެ ލީޑަރުން ވަނީ ޖަލަށް ލާފައި ކަމަށް ނިހާދު ވިދާޅުވެފައިވެ އެވެ.
Sir @SrBachan please be aware of the political situation in #Maldives.Except the ruling party Leader all other
— Feydhoo Meehaa (@nihad_m) August 28, 2017
Leaders are jailed . pic.twitter.com/XOa4AlWDtj
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އަމީތާބުގެ ދަތުރު ކެންސަލް ކުރުމަށް އެދި ގޮވާލަމުންނެވެ.
MP @AhmedMahloof asks Bollywood megastar Amitabh Bachchan @SrBachchan to boycott trip to #Maldives https://t.co/boAieql3Hq pic.twitter.com/1o49GzsgHz
— Badruddeen (@Badruddeen) August 28, 2017
This regime has allowed Chinese influence to grow in the Indian Ocean, by disregarding our diplomatic relations with India @SrBachchan pic.twitter.com/C0brnO4mIO
— (@Simwarr) August 29, 2017
Dear @SrBachchan Please boycott your trip to Maldives
— RaajjethereyMeehaa؟ (@AhmedYaamyn) August 29, 2017
Yeh Andha Kanun Hai
Yeh Andha Kanun Hai pic.twitter.com/o2TkRSc74c
އަމީތާބުގެ ދަތުރު ކެންސަލްކުރުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ދަނީ އަމީތާބު ރާއްޖެ އައުމަށް ގޮވާލައި ޓްވީޓް ކުރަމުންނެވެ.