ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 11:09
ފާދިރީ ރަމް ރަހީމް
ފާދިރީ ރަމް ރަހީމް
ގޫގުލް
ފާދިރީ ރަމް ރަހީމް
އިންޑިއާގެ ފާދިރީ ރަމް ރަހީމްގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި
އޭނާ ގެ މައްޗަށް ގަދަކަމުން ދެ އަންހެނަކާ އެކު ޖިންސީ އަމަލު ހިންގިކަމުގެ ދައުވާ ވަނީ ސާބިތުވި

ގަދަކަމުން ޖިންސީ އަމަލު ހިންގިކަމުގެ ދައުވާ ދާދި ފަހުން ސާބިތުވި އިންޑިއާގެ ފާދިރީ ގުމްރީތް ރަމް ރަހީމްގެ މައްޗަށް ހޯމަ ދުވަހު 20 އަަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. 

ރަމް ރަހީމް ގެ މައްޗަށް ކުރެވުނު ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުނީ މިދިޔަ ހުކުރު ދުވަހުއެވެ. ރަމް ރަހީމް ގެ މައްޗަށް ދެ އަންހެނަކާއެކު ގަދަކަމުން ޖިންސީ އަމަލުު ހިންގުމުގެ ތުހުމަތުގައި ދެ ދައުވާ އުފުލުުނުއިރު އެ ދެ ކޭސް އަކީ 2002 ގައި ފެންމަތިވެފައިވާ މައްސަލަތަކެެކެވެ. 

ދެ އަންހެނަކާއެކު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ރަމް ރަހީމްގެ މައްޗަށް ސާބިތުވެފައިވާއިރު އޭނާގެ މައްޗަށް އިއްވުނީ ދިހަ އަހަރު ދުވަހުގެ ދެ ޖަލު ހުކުމެވެ. ޕްރޮސިކިއުޓަރުން ހުށަހަޅާފައި ވަނީ ރަމް ރަހީމް އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެެވެ. 

ރަމް ރަހީމްގެ މައްޗަށް ހުކުރު ދުވަހު ދައުވާ ސާބިތުވުމާއި ގުޅިިގެން އިންޑިއާގައި ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 38 މީހަކު މަރުވެފައިވެއެވެ.

ފާދިރި ރަމް ރަހީމްގެ މައްޗަށް ހޯމަ ދުވަހު އަދަބު ކަނޑައެޅުނީ، ފަނޑިޔާރު ރަމް ރަހީމް ބަންދުގައި ހުރި ޖަލަށް ވަޑައިގެންފައެވެ. އިންޑިއާގެ ޕަންޖާބް އާއި ހަރިޔާނާ ސްޓޭޓުގެ އެކި ސަރަހައްދުތަކުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި ވެރިރަށް ނިއު ދިއްލީ ވަނީ އެލާޓުގައެވެ. 

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް