Advertisement
ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 00:18
މިނިސްޓަރ އަޒްލީން ގާސިމްއާ ބައްދަލުކުރެއްވުމަށްފަހު ބޭރަށް ނުކުންނަވަނީ
މިނިސްޓަރ އަޒްލީން ގާސިމްއާ ބައްދަލުކުރެއްވުމަށްފަހު ބޭރަށް ނުކުންނަވަނީ
ރާއްޖެ އެމްވީ
ގާސިމް އިބްރާހިމްގެ ހާލުކޮޅު
ކުރިއަށް އޮތް ދެތިން ދުވަސްތެރޭ ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމުގެ ކަންކަން ހަމަޖެހޭނެ: އަޒްލީން
މި ބައްދަލުވުން ކުރިއަށްދިޔައީ 09:30 ހާއިރު
ހޯމް މިނިސްޓަރ ގާސިމާއި ބައްސަލުކުރެއްވީ އައިޖީއެމްއެޗުގައި
ކަރެކްޝަނުން ގާސިމާ މެދު އަމަލުކުރައްވަނީ ވަރަށް އޯގާތެރިކޮށް
f

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް  ރާޖެއިން ބޭރަށް ފުރާވަޑައިގެންނެވޭނެ ގޮތް   ކުރިއަށް އޮތް ދެތިން ދުވަހު ތެރޭގައި ހަމަޖެހޭނެ ކަަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އަޒްލީން ވިދާޅުވީ، ގާސިމާއި ބައްދަލުކުރެއްވީ، ސީދާ ރައީސްގެ އެދިލެއްވުމަށް ކަމަށެވެ.  ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމުގެ މަސައްކަތް ކަރެކްޝަނަލް ސަރވިސަސް އިން ކުރައްވަމުންދާ ކަމަށާއި ކަރެކްޝަނުން ގާސިމާއި މެދު ކަންކަން ކުރައްވަމުން ދަނީ ވަރަށް އޯގާތެރިކޮށް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް މިނިސްޓަރު އަޒްލީނަށް ގުޅުމަށް ކުރެއްވި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ގާސިމާ ބައްދަލުކުރައްވާފައިވާ އިރު މި ބައްދަލުވުމުގައި ސްރީލަންކާއަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ބައްދަލުވުން ހިނގި ވަގުތު ގާސިމްގެ އަރިހުގައި އާއިލާގެ ބޭފުޅުންވެސް ތިއްބެވި އެވެ

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލު ހުކުމް ޣައިރު ހާޒިރުގައި ކޮށްފައިވާ އިރު އެ ހުކުމްގައި ބުނެފައި ވަނީ ގާސިމްގެމައްޗަށްސާބިތުވިކުށުގެއަދަބުތަންފީޒުކުރުމަށާ، ގާސިމްބެއްލެވިޑޮކްޓަރުލަފާދެއްވާފައިވާގޮތަށް ރާއްޖެއިން ބޭރުން ހަދަންޖެހޭޓެސްޓްތައްހެދުމާއި، ލިބެންޖެހޭފަރުވާގާސިމަށްލިބުމަށް ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ.

 

- ކޮމެންޓް
29 އޯގަސްޓް 2017 | އަންގާރަ 00:30
ހަސަން 222
ތިއޮތީ ހަތަރެސްކަން ހަމަވެފަ. ވެރިކަން ވެއްޓޭނެކަން ޔަގީންވުމުން މިމީހުން ފޮނުވައިގެން ޑީލްހަދައިގެން ގާސިމް އަނބުރާލެވެތޯ ކުރިކަމެއްކަން ޔަގީން. 3 ދުވަސްތެރޭ ފުރުވޭނެކަމަށް ބުނުމުން ޑީލް ހަމަޖެހުނީކަމަށް ގަބޫލުވެވޭ