ނަޝީ ކޭކްސް އޭ ބުނީމަ އެ ނަން އާވާނެ އެކަކު ވެސް ދިވެހިންގެ ތެރޭގައި ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. އަދި ނަޝީ ކޭކްސްގެ ވެރިޔާ އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ) އަކީ ވެސް ދިވެހިންނަށް އާ ނަމަކަށް ނުވާނެއެވެ.
ނަޝީ ކޭކްސްގެ ބާނީ ނަޝީދާ އަކީ ދިވެހިންގެ އިތުރުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ރަހަ މީރު ބަލާލަން ރީތި ކޭކްތައް ފޯރުކޮށްދޭ ހުނަރުވެރިއެކެވެ. ނަޝީ ވަނީ ތަފާތު އެވަރޑްތައް ހޯދާ ދިވެހިންނަށް ވެސް ރީތި ނަން ހޯދާ ދީފައެވެ.
އެހެންކަމަށް ވާއިރު އޭޝިއާ ކޭކް އޮސްކާގެ، "މާސްޓަރ ކޭކް އާޓިސްޓް އޮފް ދަ އިއަރ" އެވޯޑް ހާސިލްކުރުމަކީ ނަޝީގެ ފަޚުރުވެރި ކޭކް އެޅުމުގެ ކެރިއަރ އަށް އިތުރުކޮށްލެވުނު މުހިންމު ބޮޅެކެވެ.
ނަޝީ ފާހަގަކުރައްވާ ގޮތުން ، އޭނާ އަށް އެ އެވަރޑް ލިބިފައި ވަނީ އެ އެވަރޑަށް ނަން ހުށަހެޅުމުން ކޮށްފައިވާ މަސައްކަތްތަކާއި، ނަޝީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީސްމީޑިއާ އިން ފެންނަން ހުރި ކަންކަމަށް ބެލުމަށް ފަހުގައެވެ. މި އަހަރު ދެ މީހަކަށް މާސްޓަރ ކޭކް އޮފް ދަ އިއަރ ލިބިފައިވާ އިރު ނަޝީ އަށް ލިބިފައި ވަނީ އޭގެ ތެރެއިން އެޑްވާންސް އެވަރޑެވެ.
ވަރަށް އުފާވި އިނގޭތޯ. އެއީ ބައިވަރު ޤައުމުތަކުން މީހުން ބައިވެރިވި. މިއީ ވަރަށް މަސައްކަތް. އުފާވޭ ވަރަށް އެކަން ބަލައިގަތީމަ.
އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ)![]()
އެހެންނަމަވެސް މި އެވަރޑަށް ވުރެ ބޮޑަށް 'ސަރޕްރައިޒް" އަކަށް ވީ އޭނާ އުންމީދުކޮށްގެން ނެތް އިތުރު އެވަރޑެއް ވެސް ލިބުމެވެ. އެއީ ލޯންގް ޓަރމް ސަރވިސް އެވަރޑެވެ.
މާސްޓަރ ކޭކް އާޓިސްޓް އޮފް ދަ އެއަރ އެވަރޑަކީ މިއީ 40 އަހަރުގެ ކެރިއަރގައި ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީ އެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭނާ އަށް ދިގު މުއްދަތުގެ ޚިދުމަތުގެ އެވަރޑް ލިބުނީ އޭނާ ދިގު މުއްދަތަކަށް މެދު ނުކެނޑި ކުރައްވާފައިވާ މަސައްކަތުގެ ސަބަބުން ކަމަށް ޤަބޫލު ކުރައްވާ ކަމަށް ނަޝީ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ ކުރިން ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ކަމަށްވާ ޑިލީޝިއަސް މެގަޒިން އެވޯރޑްސްގެ ދެ ކެޓަގަރީގެ ފައިނަލިސްޓުންގެ ތެރޭގައި ދިވެހިންގެ ތެރޭގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ކޭކްއެޅުންތެރިޔާ އައިމިނަތު ނަޝީދާ (ނަޝީ) ހިމެނުނެވެ. މީގެ އިތުރުން ޑިލީޝިއަސް މެގަޒިން ކަވަރގަވެސް މީގެ ކުރިން ނަޝީދާގެ ކޭކް ޓިއުޓޯރިއަލްގެ ފޮޓޯ ވަނީ ހިމަނާފައެވެ.