ކ. މާލެ
|
25 ޖޫން 2025 | ބުދަ 16:07
ހޯރަފުށީ ބޮޓްލިންގ ޕްލާންޓް - ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ގާތްގަނޑަކަށް ހުރިހާ ކަމެއް ސަރުކާރު ބަދަލުވި އިރު ހުރީ ކޮށް ނިންމާފައި
ހޯރަފުށީ ބޮޓްލިންގ ޕްލާންޓް - ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ގާތްގަނޑަކަށް ހުރިހާ ކަމެއް ސަރުކާރު ބަދަލުވި އިރު ހުރީ ކޮށް ނިންމާފައި
ރާއްޖެއެމްވީ
ހޯރަފުށީ ބޮޓްލިންގ ޕްލާންޓް
ހޯރަފުށީ ބޮޓްލިންގ ޕްލާންޓުގައި ބާކީ ތިބި ހުރިހާ މުވަޒަފުން ވަކިކޮށް ގެޔަށް ފޮނުވާލައިފި
ފުރަތަމަ ބުރަށް މުވައްޒަފުން ވަކި ކޮށްފައިވާނީ ޖޫން މަހުގެ 11 ވަނަ ދުވަހު
ބާކީ ތިބި މުވައްޒަފުންނަށް ވަޒީފާ އިން ވަކި ކުރި ކަމުގެ ޗިޓު އައީ ވަޒީފާ އަށް ނުކުމެ ތިއްބާ ބުދަ ދުވަހު
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުގައި ޕްރޮޖެކްޓްތައް ނުހުއްޓުވާނެ ކަމަށާއި މުވަޒައްޒަފުން ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ވަޢުދުވެ، ވަޢުދާ ޚިލާފުވެ ވަޑައިގެން ރައްޔިތުން ނިކަމެތި ކުރަމުންދާތީ ކައުންސިލުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި

އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހޯރަފުށީ ބޮޓްލިންގ ޕްލާންޓް ގެ ދާއިމީ ވަޒީފާގައި ބާކީ ތިބި ހުރިހާ މުވައްޒަފުން ވަކި ކޮށް ގެއަށް ފޮނުވާލައިފި އެވެ.

"އަޅުގަނޑުމެން އޮފީހަށް ވަޒީފާ އަށް ނުކުމެ ތިއްބާ ޗިޓު އައީ، ޗިޓު އައީވެސް މިއަދުން ފެށިގެން ވަޒީފާއިން ވަކިވީ ކަމަށް" ބުދަ ދުވަހު ފެނަކައިން ޗިޓު ފޮނުވި މުވައްޒަފަކު ބުންޏެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ބިއްލޫރި ފުޅީގައި ފެންބަންދުކޮށް ވިޔަފާރި އުސޫލުން ހިންގުމަށް ބިނާ ކުރި ކާރުޚާނާގެ މަަސައްކަތް މި ސަރުކާރު އައި އިރު ވަނީ 95 އިން ސައްތަ ނިމިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބޮޓްލިންގ ޕްލާންޓުން ފުރަތަމަ 7 މުވައްޒަފުން ވަކި ކުރީ ޖޫން މަހުގެ 11 ވަަނަ ދުވަހުއެވެ. ބުދަ ދުވަހު ވަކި ކުރީ 8 މުވައްޒަފުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހޯރަފުށީގެ ގިނަ އާއިލާ ތަކަކަށް އާމްދަނީ ލިބުމުގެ ފުރުސަތު ތަނަވަސްވި ބޮޓްލިން ޕްލާންޓްގެ މަޝްރޫއުން ޕްރޮޖެކްޓް ސްޓާފުންނާ ދާއީމީ މުވައްޒަފުންނާ އެކު ސާޅީހަށް ވުރެ ގިނަ މުވައްޒަފުން މިހާތަނަށް ވަނީ ވަޒީފާ އިން ވަކި ކޮށްފައެވެ.

"ވަރަށް ނިކަމެތިވާނެ ގިނަ އާއިލާ ތަކަކަށް ކުޑަ ނަމަވެސް އާމްދަނީ އެއް ލިބިމެން އައި ފުރުސަތު ކުއްލި އަކަށް އެ ބަންދު ކޮށްލީ، ކުރިން އެއްވެސް އިޝާރާތެއް ވެސް ކޮށް ނުލައި، ބައެއް މުވައްޒަފުން މުސާރަ އަށް ބަރޯސާވެ ބޭންކުން ލޯނުވެސް ނަގާފައި ހުރީ، މިއީ ވަރަށް ބޮޑު އަނިޔާ އެއް." ވަޒީފާ އިން ވަކި ކުރި މުވައްޒަފަކު ބުންޏެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ދާއިމީ ވަޒީފާތަކުގައި ތިބި އެތައް މުވައްޒަފުން މުއިއްޒުގެ ސަރުކާރުން ވަކިކޮށްފައިވާ އިރު ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން ނެގުމަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ބުނެ ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ ސަރުކާރުން ސިޔާސީ މަގާމު ތަކުގެ އަދަދު ހާމަ ކުރަން ވެސް ވަނީ ފަސްޖެހިފަ އެވެ.

ދޮގު ހެދުމާއި އޮޅުވާލުން އާންމު ކަމަކަށް ހަދާފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައި އިރު ވައުދު ވެފައިވަނީ އެއްވެސް ރަށެއްގައި ހިނގަމުންދާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ ކަމަށާއި، އަދި ފަށަން ނޭނގިފައި އޮތް މަޝްރޫއެއް ވެސް ނުހުއްޓާނެ ކަމަށެވެ.

ހޯރަފުށީ ބޮޓްލިންގް ޕްލާންޓްގެ ދާއިމީ މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުން ދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އަދި އެކަން ކުށްވެރިކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން މީގެ ކުރިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

އެ ބަޔާނުގައި މި މަޝްރޫ އަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށް، ޤާއިމުކޮށްފައިވާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ޕްލާންޓެއް ކަމަށާއި، އެ މަސައްކަތަކީ ޖޮއިންޓް ވެންޗަރ އުޞޫލުން ޤާއިމްކޮށް، ހިންގުމަށް ކައުންސިލާއި ފެނަކަ އާ ދެމެދު އެކުލެވިފައިވާ ފަހުމުނާމާ އެއް ގެ ދަށުން ކުރިއަށް ދާ މަޝްރޫއެއް ކަމަށް ބުނެފައިވެއެވެ.

"ޢިމާރާތް ނިމި ހުޅުވުމާ ދާދި ގާތްވެފައިވާ ދަނޑިވަޅެއްގައި އަދި އެތަނުގެ އޮޕަރޭޝަން ތައް ރަސްމީކޮށް މިހިނގާ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙު ކައުންސިލާއި ބައްދަލުކޮށް ޔަޤީންކަން ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުގައި ޕްރޮޖެކްޓްތައް ނުހުއްޓުވާނެ ކަމަށާއި މުވަޒައްޒަފުން ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ވަޢުދުވެ، ވަޢުދާ ޚިލާފުވެ ވަޑައިގެން ރައްޔިތުން ނިކަމެތި ކުރަމުންދާތީ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

ހޯރަފުށީ ބޮޓްލިންގް ޕްލާންޓަކީ ހޯރަފުށީ ކައުންސިލްގެ %40 (ސާޅީސް އިންސައްތަ) ޙިއްސާ އޮންނަ ޕްރޮޖެކްޓެއް ކަމަށާއި، އަދި މި ޕްރޮޖެކްޓް ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްޤީ ކުރުމަށް ދެފަރާތުން އެއްބަސްވެފައި އޮއްވާ، ކައުންސިލާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން މުރަޖަޢާ ކޮށް އެ މުވައްޒަފުންގެ ވަޒީފާ އިއާދަ ކޮށްދިނުމަށް ފެނަކައިގެ ގެއެމް.ޑީ އާއި ޑިރެކްޓަރުންނަށް ގޮވާލާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ބުދަ ދުވަހު އިތުރު ޕްލާންޓުގައި ބާކީ ތިބި މުވައްޒަފުން ވަކި ކުރި ކައުންސިލުގެ ގޮވާލުމަށް އެއްވެސް ފަރުވާލެއް ބަހައްޓާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ކައުންސިލުގެ ބަޔާނުގައި "މި ނިންމުން ނިންމާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމާއި ކަނޑައެޅިގެން ޚިލާފަށް ކަމަށް ވާތީ، މިކަމުގައި އިންޞާފު ހޯދުމަށް ޝަރީއަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދާނެ،" ކަމަށް ވެސް ބުނެފައިވެއެވެ.

މުވައްޒަފުން ގަނޑުކޮށް ވަކި ކުރަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ބޮޓްލިން ޕްލާންޓުގެ ކުރިމަތީގައި ކުރިން ވަނީ މުޒާހަރާ ކޮށްފައެވެ. އަދި މުޒާހަރާ ކުރި ފަރާތްތަކާ ކުރިމަތިލައި، ހަޑިހުތުރު ބަހުން އެއްޗެހި ގޮވާ، ބިރު ދައްކާ، ދިމާ ކުރުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ ބާރު އަޅައިގެން ފޮނުވި ކަމަށް ބުނާ މަދު ބަޔަކު ނުކުތް ކަމަށް ވެސް ރަށުން މައުލޫމާތު ލިބިފައިވެއެވެ.

- ކޮމެންޓް