ހ.ފެންޓޯނިއާ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ޔުމްނު ރަޝީދު ވެއްޓު ހާދިސާގެ ތަހުގީގުގެ ބައެއް މައުލޫމާތު، އެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވިފައިވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ އަދި ރައީސް އޮފީހުގެ ކުރީގެ އަންޑަރސެކެރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދަށް، ހޯމް މިނިސްޓަރ އަލީ އިހްސާން ތަކުރާރުކޮށް ފޯރުކޮށްދީފައިވާކަން ހާމަވެއްޖެއެވެ.
އެކަން ހާމަވެފައި ވަނީ މި މައްސަލަ އާއި ގުޅޭގޮތުން އެކުލަވާލި ރިޔާސީ ބަޔާނުގެ ތަހުގީގު ނިންމާ އެކުލަވާލި ރިޕޯޓްގައެވެ. އެ ރިޕޯޓް އާއްމުންނަށް ފެންނަ ގޮތަށް މިހާރު ވަނީ ހާމަކޮށްފައެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ ފުލުހުންގެ އޮޕަރޭޝަންގެ ބައެއް މައުލޫމާތު މި މައްސަލައިގައި ތުހުމަތުތަކެއް ކުރެވިފައިވާ ރައުދު އަހްމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދަށް ހޯމް މިނިސްޓަރ އިހުސާން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އިހުސާން ދާއޫދު އަށް ތަކުރާރުކޮށް މައުލޫމާތު ފޯރުކޮށްދިން ކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން 19 އޭޕްރިލް ވަނަ ދުވަހު ވެސް އިހުސާނާއި ދާއޫދާއި ދެމެދު މުއާތަމަލާތު ކުރެވުނު ކަމަށް އެ ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުލުހުންގެ އޮޕަރޭޝަނާ ގުޅޭ ގޮތުން ބައެއް މައުލޫމާތު އިހުސާންވަނީ ދާއޫދުއަށް ދީފައެވެ. އިހުސާންއާ ދާއޫދުއާ ދެމެދު ފޯނުން 19 އޭޕްރީލް ދުވަހުވެސް މުއާމަލާތް ކުރެވުނުކަން ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ރިޕޯޓުގައިވާ އިތުރަށް ބުނެފައި ވަނީ ދާއޫދު އިސްހާނަށް ގުޅުމަށް ފަހު "ކޮއްކޮ ހައްޔަރުކޮށްގެން ގެންގޮސްފި" ކަމަށް ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން ދާއޫދު އެކަން އިހުސާނަށް އެންގުމުން އެކަން ބަލައިލާނެ ކަމަށް އިހްސާނު ވިދާޅުވި ކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި ރިޔާސީ އިންތިހާބު ދުވަސްވަރުން ފެށިގެން އިހުސާން އާއި ދާއޫދު ދެމީހުން އެކަކު އަނެކަކަށް އެނގެއެވެ.
މީގެ އިތުރުން ދާއޫދު ހައްޔަރު ނުކުރާކަމަށާއި ފުލުހުން ބޭނުންވީ އެ މީހުންގެ ގެ ބަލައި ފާސް ކުރަން ކަންވެސް ދާއޫދު އިހުސާން ކައިރީގައި ބުނެފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވެއެވެ. މި މުއާމަލާތުތައް ހިނގާފައި ވަނީ ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު ދުވަހުގެ ރޭގަނޑު ކަމަށް ވާއިރު މި މުއާމަލާތުތައް ހިނގާފައި ވަނީ މީޑިއާގައި މި މައުލޫމާތުތައް ހާމަކުރުމުގެ ކުރިންނެވެ.
އެ ރިޕޯޓުން ދާއޫދު ތަހުގީގަށް ދޮގު ބަޔާން ދިންކަން ފަޅާއަރާފައިވާތީ އޭނާ ކުރިން ހުރި ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުން އޭނާ ވަނީ ދުރުކޮށްފައެވެ. ނަމަވެސް ރައުދު އަށް ތަހުގީގުގެ މައުލޫމާތު ދިން އިހުސާން އަށް އެއްވެސް ފިޔަވަޅެއް އަޅާފަ އެއް ނުވެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރި ތަހުގީގާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެއެވެ. އަދި ފުލުހުންގެ ބަހަށް އިތުބާރު ނުކޮށް ގިނަ އަދަދެއްގެ ޒުވާނުންތަކެއް މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރިއެވެ. ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު ހ. މިޓާޒްގޭގެ ފުރާޅު މަތިން އެއްވެސް ހެއްކެއް ހޯދަން ފުލުހުން މަސައްކަތެއް ކޮށްފައި ނުވެ އެވެ. އެޕްރީލް 18، ގެ ހަވީރު ފެންޓެނޯއީއަށް ތަހުގީގަށް ދިޔަ ޓީމުގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން ވެސް ހ. މިޓާޒްގޭގެ ފުރާޅަށް އަރައި ހެކި ހޯދުމަށް މަސައްކަތް ކޮށްފައި ނުވެ އެވެ.