ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 08:56
ތިލަފުށްޓަށް އުކާލާފައިވާ ގުރުއާން ތަރުޖަމާ
ތިލަފުށްޓަށް އުކާލާފައިވާ ގުރުއާން ތަރުޖަމާ
ރާއްޖެއެމްވީ
ފުވައްމުލަކު ސިޓީ
ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން: ފުވައްމުލަކު ސިޓީ ކައުންސިލް
ޤުރުއާން ތަރުޖަމާކޮށް އެނގޭގޮތަށް ފޮށިތަކުގައި ބޭރުގައި ލޭބަލްކޮށްފައި ވާނެ
ޤުރުއާން ތަރުޖަމާތައް ވެމްކޯއާއި ހަވާލުކުރީ ފޮށިތަކުގައި ރައްކާތެރިކަމާއެކު ބަންދުކޮށް
ތަރުޖަމާތަކާ އިސްލާމިކް މިނިސްޓްރީން ހަވާލެއް ނުވި

ކުނީގެ ގޮތުގައި ތިލަފުށްޓަށް ގުރުއާން ތަރުޖަމާތައް އުކާލީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) އިން ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ޤުރުއާނުގެތަރުޖަމާތަކެއް ގޮނޑަށް އުކާލި ކަމަށް ބުނެ، ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރުމާއެކު، އެ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި މީގެ 10 ވަރަކަށް އަހަރު ކުރިން އިސްލާމިކް މިނިސްޓްރީން އެ އިދާރާއަށް ފޮނުވި ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާތަކެއް ކުށް ހުރުމުގެ ސަބަބުން ނުބެހުމަށް އެ މިނިސްޓްރީން އެންގިކަމަށެވެ. އެތަރުޖަމާތައް އެހެންހުރެ ގިނަދުވަސްވަމުންދާތީ އެ ތަރުޖަމާތައް އަނބުރާ އިސްލާމިކް މިނިސްޓްރީއަށް ފޮނުވަން ދެންނެވުމުން އެ ތަރުޖަމާތައް ނައްތާލުމަށް އެ މިނިސްޓްރީން ލަފާދީފައި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ގުރުއާން ތަރުޖަމާތަކެއް ނައްތާލަންޖެހޭ އެންމެ އެދެވޭ ގޮތުގައި އެ ކައުންސިލުން ނައްތާނުލެވޭނެތީ އިސްލާމިކް މިނިސްޓްރީއަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށާއި ނަމަވެސް އިސްލާމިކް މިނިސްޓްރީއިން އެ ތަރުޖަމާތަކާއި ހަވާލު ނުވުމުގެ ސަބަބުން ދެން އެ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށް ވެމްކޯއާ ހަވާލުކުރި ކަމަށް ފުވައްމުލަކު ކައުންސިލުން ބަޔާނުގައި ބުނެ އެވެ. އެކަމަށް ދައްކަންޖެހުނު އަގު ވެމްކޯއަށް ދައްކާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ގުރުއާން ތަރުޖަމާތައް ވެމްކޯއާ ހަވާލުކުރީ ފޮށިތަކުގައި ރައްކާތެރިކަމާއެކު ބަންދުކޮށް، ގުރުއާން ތަރުޖަމާކަން އެނގޭ ގޮތަށް ފޮށިތަކުގައި ބޭރުގައި ލޭބަލްކޮށްފައި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މިކަމާގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ ދީފައިވާ އޯޑިއޯ އިންޓަވިއުއެއްކަމަށް މީޑިއާތަކުގައި ފެތުރެމުންދާ އޯޑިއޯއަކީ ދައްކާފައިވާ ވާހަކަތަކުގެ އަސްލު ގެއްލޭގޮތަށް ހަދައިގެން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަގީގަތާޚިލާފު ވާހަކަތަކެއް ކަމަށާއި އެމައްސަލަ ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައަޅާފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން ކަމަށް އެ ސިޓީ ކައުންސިލުން ބުނެފައިވާއިރު ތިލަފުށްޓަށް ގުރުއާން ތަރުޖަމާތައް އުކާލި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި ކަމަށް ބުނެ ވެމްކޯއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ވެމްކޯގެ ބަޔާނުގައި ބުނެފައިވަނީ ހާއްސަކޮށް ނައްތާލަން ޖެހޭ ތަކެތި ތިލަފުށީގައި ނައްތާލެވޭނީ، އެފަދަ ތަކެތި ނައްތާލަން ބޭނުންވާ ފަރާތްތަކުން ވެމްކޯއަށް ލިޔުމަކުން އަންގައި ހާއްސަ ހުއްދައެއް ނަގައިގެން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް