ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 07:18
ގެއްލިގެން ހޯދަމުންދާ ކުއްޖަކީ އުމުރުން 17 އަހަރުގެ އދ.ހަންޏާމީދޫ ބްލޫހެވަން، ޢާއިޝަތު ޝިމްރީން ޢިމާދު
ގެއްލިގެން ހޯދަމުންދާ ކުއްޖަކީ އުމުރުން 17 އަހަރުގެ އދ.ހަންޏާމީދޫ ބްލޫހެވަން، ޢާއިޝަތު ޝިމްރީން ޢިމާދު
ޕޮލިސް
ގެއްލިގެން ހޯދަނީ
ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަނީ
ގެއްލިގެން ހޯދަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއް
ފުލުހުންނަށް އާއިލާއިން ރިޕޯޓްކުރީ އާދިއްތަ ދުވަހުގެ މެންދުރު

ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

 

ފުލުހުން ބުނީ، ކުޑަކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ފަށާފައިވާކަމަށެެވެ.

 

ގެއްލިގެން ހޯދަމުންދާ ކުއްޖަކީ އުމުރުން 17 އަހަރުގެ އދ.ހަންޏާމީދޫ ބްލޫހެވަން، ޢާއިޝަތު ޝިމްރީން ޢިމާދު ކަމަށް ފުލުހުން ބުންޏެވެ.

 

މި ކުއްޖާ ގެއްލިގެން ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި އޯގަސްޓް 27 ވަނަ ދުވަހުގެ މެންދުރު 13:30 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

 

ޢާއިޝަތު ޝިމްރީން ޢިމާދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން އެދެއެެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް