ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 00:45
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ރާއްޖެ އެމްވީ
އިލެކްޝަންސް ކޮމިޝަން
ބައި އިލެކްޝަނަކަށް ދާކަށް ނެތިން، އީސީގެ މެމްބަރުން ވަކި ކުރެވޭނެ: އިމްތިޔާޒު
"އޭގެ ކުރިން ސުލޭމެން ވަކި ކުރެވޭނެ. އިންތިޒާރު ކޮށްލައްވާ."
އިލެކްޝަންސް ކޮމިޝަނުން ވަނީ ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަންސް އިއުލާންކޮށްފަ
އިދިކޮޅު ފަރާތްތަކުން ބުނީ މެމްބަރުންގެ ގޮނޑި ނުގެއްލޭނެކަމަށް

މިހާރު އޮތް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރާ ބައި އިލެކްޝަނަކަށް ވާދަ ނުކުރާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑިއާ ގުޅޭގޮތުން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަމަށާއި އެހެންވެ އިލެކްޝަންސް ކޮމިޝަނުން ވެސް އަމަލުކުރަން ޖެހެނީ އެ ނިންމުމުގެ މައްޗަށް ކަމަށް އިދިކޮޅު ޕާޓީތަކުގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ކޮމިޝަނުން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލޭ ކަމަށް ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ނެތް ކަމަށެވެ. އެހެންވެ، ބައި އިލެކްޝަން ބޭއްވޭނެ ކަމަށެވެ.

 

މިކަމާ ގުޅޭ ގޮތިން މެމްބަރު އިމްތިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މެމްބަރަކާއެކު ދެން އެއްވެސް ބައި އިލެކްޝަނަކަށް ދާން ނެތް ކަމަށެވެ.

 

"އޭގެ ކުރިން ސުލޭމެން ވަކި ކުރެވޭނެ. އިންތިޒާރު ކޮށްލައްވާ." އިމްތިޔާޒު ވިދާޅުވެފައި އެވެ.

 

މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުމާމެދު ހިޔާލުތަފާތުވެފައިވާއިރު، ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވިދާޅުވަނީ ގޮނޑި ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކާއި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވިދާޅުވަނީ ހަތަރު މެމްބަރުންނަށް ގޮނޑި ނުގެއްލޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް