ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 23:51
މަހުލޫފު ފުލުހަށް ހާޒިރުކުރުން
މަހުލޫފު ފުލުހަށް ހާޒިރުކުރުން
ޓްވިޓަރ
މަހުލޫފު ފުލުހަށް ހާޒިރުކުރުން
މަހުލޫފު ހައްޔަރުކުރި މައްސަލަ ފުލުހުންނަކަށް ނުބެލޭނެ: ވަކީލު
ފުލުހުން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ
މަހުލޫފު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މިރޭ 08:00 ގައި
ހައްޔަރުކުރި މައްސަލައާ ގުޅިގެން ޝަރީއަތެއް ނުވަތަ ތަހުގީގެއްވެސް ނުހިންގޭނެ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަހުލޫފު ހައްޔަރު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައިވާ އިރު އެ މައްސަލައާ ގުޅިގެން ފުލުހުންނަށް ތަހުގީގެއް ހިންގޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މަހުލޫފުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު، ކްރިމިނަލް ކޯޓު ސަރަހައްދުގައި މީޑިޔާއަކަށް މައުލޫމާތުދެއްވަން ހުއްޓާ ގަލޮޅު ދެކުނުު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހައްޔަރު ކުރި މައްސަލައާ ގުޅިގެން މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ 08:00 ގަ އެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފުގެ ގާނޫނީ ވަކީލު މަހުފޫޒު ވިދާޅުވީ، މަހުލޫފު ހައްޔަރު ކުރި އިޖުރާއަތަކީ ބާތިލް އިޖުރާއަތެއް ކަމަށް ކަނޑައަޅާފައިވަނިކޮށް އެ މައްސަލައާ ގުޅިގެން ހިންގިދާނެ ތަހުގީގެއް، ޝަރީއަތެއް ނުވަތަ ހުކުމެއް ވެސް އޮވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަަމަށެވެ. ބަޔާން ދިނުމުގައި ފާހަގަކޮށްފައި ވަނީ މި ކަންކަން ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

" މަހުލޫފު ހައްޔަރުކުރި މައްސަލައިގައި ކްރިމިނަލް ކޯޓުން ސުވާލު ކުރެއްވި، މަހުލޫފު ހައްޔަރުކުރީ ގާނޫނާ ހިލާފު ސަރަހައްދަކުން ކަމަށް ފުލުހުން ބުނާ އިރު އެތަނުގައި ހަަމައެކަނި ހުންނާނީ މަހުލޫފެއް ނޫންކަން. ވަރަށް ބައިވަރު މީހުން އެވަގުތު އެތަނުގައި ތިބޭނެއޭ. އޭގެތެރެއިން އަހުމަދު މަހުލޫފު ނަގައިގެން ކްރިމިނަލް ކޯޓާ ހަމައަށް ގެނައުމަކީ ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއާއި 20 ވަނަ މާއްދާ އަދި 17 ވަނަ މާއްދާ އިން ލިބިދޭ ރައްކާތެރިކަން ނިގުޅައިގަތުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައި." މަހުފޫޒު ވިދާޅުވި އެވެ.

މަހުލޫފު ވަނީ ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ވެސް ކަނޑައަޅާފައިވާ އިރު އެދުވަހު ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދުގައި ތިބިކަން  ފާހަގަކޮށްފަ އެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން މަހުލޫފު ހައްޔަރު ކުރީ ކީއްވެގެންތޯ ކްރިމިނަލް ކޯޓުން ސުވާލު ކޮށްފައިވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

" ހައްޔަރުކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ވާތީ މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލެއް ނުކުރަން. މިހާރު ހަމަ މިކުރަމުންދާ މައްސަލައަކީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައި ވާތީ ފުލުހުން މެދުވެރިކޮށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކުރަމުންދާ މަސައްކަތް. އެއްވެސް މަޖިލީސް މެންބަރެއް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނަން." މަހުލޫފު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް