ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިސްރާއީލުގެ މިޝަންތައް ބަންދު ކުރަން ނިންމައިފިއެވެ.
ހުކުރު ދުވަހު އިސްރާއީލުގެ ސްވީޑަންގައި ހުރި އެމްބަސީން ބުނެފައިވަނީ، މަސްރަހަށް އަންނަމުންދާ ބަދަލުތަކުގައި އަލީގައި އިސްރާއީލުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެ ޤައުމުގެ ޑިޕްލޮމެޓިކް މިޝަންތައް ބަންދުކުރާނެ ކަމަށާއި، ކޮންސިއުލަރ ޚިދުމަތްތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
މިޝަންތައް ބަންދުކުރެވިފައި ހުންނާނީ ކިހާ މުއްދަތަކަށްކަން އެމްބަސީން ބުނެފައެއް ނުވެއެވެ.
މީގެ އިތުރުން އެކި ގައުމުތަކުގައި ހުރި އިސްރާއީލުގެ މިޝަން ތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.