ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 23:00
ގާސިމް ކޯޓުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދަނީ
ގާސިމް ކޯޓުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދަނީ
ރާއްޖެ އެމްވީ
ގާސިމް ހައްޔަރު ކުރުން
މަރުގެ ތުންފަތްމަތީގައި ހޮސްޕިޓަލުގައި އޮންނެވި ގާސިމަށް ޖަލު ކޮއްތު!
އަހަރެމެން އަމަލު ކުރާނީ ހޯމް މިނިސްޓްރީން އަންގާ ގޮތަކަށް ކަމަށް ކަރެކްޝަންސް އިން ބުނި ކަމަށްވޭ
ބަލި މީހަކަށް ވާތީ ޚާއްސަ ކާބޯތަކެތި ބޭނުންވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް މައުލޫމާތު ލިބޭ
ގާސިމްގެ ބައްޔަކީ ފުރާނަ އަށް ނުރައްކާވާފަދަ ބައްޔެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައި

ސީރިއަސް ސިއްހީ މައްސަލައަކަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ އޮނަރަބަލް ގާސިމް އިބްރާހިމް އަށް ދެނީ ޖަލު ކޮއްތު ކަމަށް އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދީފިއެވެ.

ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވުމަށް ޚުދު އައިޖީއެމްއެޗް ގެ ޑޮކްޓަރުން ލިޔުމުން ލަފާ ދެއްވި ނަމަވެސް ބޭރަށް ފުރާވަޑައިގެންނެވޭނެ ގޮތެއް ހަމަޖެހިފައިވާ ނުވުމުގެ ސަބަބުން ހޮސްޕިޓަލުގައި ތާށިވެފައިވާ ގާސިމް ފަރީއްކުޅުވަން އާއިލާއަށް ކާއެއްޗެއް ގާސިމް އޮންނެވި ތަނައް ވެއްދުން އޮތީ މަނާކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހޮސްޕިޓަލުގައި އޮންނަވަނިކޮށް ރިޝްވަތުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް ގާސިމްގެ މައްޗަށް ކޮށްފައިވުމުގެ ސަބަބުން ގާސިމް ހޮސްޕިޓަލުގައި އޮންނެވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައެވެ.

ގާސިމް އަށް ފަރިއްކުޅުވާނެ އެއްޗެއް އާއިލާގެ ފަރާތުން ގެނެސް ނުދެވޭ ސަބަބާ ބެހޭ ގޮތުން ސުވާލު ކުރުމުން ކަރެކްޝަންސްގެ މުވައްޒަފުން ޖަވާބު ދީފައިވަނީ "ތިމަންނާ މެން ކަންތައް ކުރާނީ ހޯމް މިނިސްޓްރީން އަންގާ ގޮތަކަށް" ކަމަށެވެ.

ގާސިމް އަކީ ސީރިއަސް ސިއްހީ މައްސަލަ އަކަށް ފަރުވާ ހޯއްދަވާ ފަރާތަކަށް ވާތީ، ފަރީއްކުޅުވުމަށް ޚާއްސަ އެއްޗެހި ބޭނުންވާނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށްވެސް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވެފައިވެއެވެ. އަދި އެފަދަ ލިޔުމެއްވެސް ގާސިމް ބައްލަވާ ޑޮކްޓަރު ދެއްވާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ގާސިމްގެ ހިތުގެ އާލާސްކަންފުޅަށް ވީހާވެސް އަވަހަކަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ ގާސިމް ފަރުވާ އަށް ފޮނުވުން ލަސްވަނީ މެޑިކަލް ބޯޑުގެ ހުއްދަ ނުލިބިގެން ކަމަށެވެ..

މިކަމާބެހޭ ގޮތުން ކަރެކްޝަންސްގެ ބަހެއް އަދި ލިބޭގޮތްވަނީ ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
27 އޯގަސްޓް 2017 | އާދީއްތަ 23:11
ޖަލު ހުކުމެއް
ޖަލުކޮއްތު ޒަހަރުކޮއްތާ އެއްފަދަ