ކ. މާލެ
|
10 ޖޫން 2025 | އަންގާރަ 12:39
ކެޓްރީނާ ކައިފް
ކެޓްރީނާ ކައިފް
ސޯޝަލް މީޑިއާ
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަ އެމްބެސެޑަރަ
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ގްލޯބަލް އެމްބެސެޑަރަކަށް ކެޓްރީނާ ހަމަޖައްސައިފި
ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރުގެ ހައިސިއްޔަތުން ކެޓްރީނާ ވަނީ ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއް ކަމަށާއި އެމްބެސެޑަރަކަށް ހޮވުމަކީ އޭނާ ލިބުނު ޝަރަފެއްކަމަށް ބުނެފަ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަނީސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ޕާޓްނަޝިޕްގެ މަގްސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރުދިނުން ކަމަށް އެމްއެމްޕީއާރްސީއިން ވިދާޅުވެއެވެ.

މިކަމާއި ގުޅިގެން ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރުގެ ހައިސިއްޔަތުން ކެޓްރީނާ ވަނީ ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއް ކަމަށާއި އެމްބެސެޑަރަކަށް ހޮވުމަކީ އޭނާ ލިބުނު ޝަރަފެއްކަމަށް ބުނެފައެވެ.

އަދި މި ޕާޓްނަޝިޕްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ދިވެހިރާއްޖެއިންކަން ދައްކުވައިދިނުން ކަމަށް ކެޓްރީނާ ބުނެފައިވެއެވެ.

މީގެ އިތުރުން، މި ޕާޓްނަޝިޕާ ގުޅުވައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، އެ މާގަމަށް ކެޓްރީނާ ފަދަ ބޭފުޅެއް ހަމަޖެހުމުން އެކަމާ އުފާކުރައްވާ ކަމަށާއި ކެޓްރީނާގެ ފޭނުންނާ އެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން މި ޕާޓްނަޝިޕް ފުރިހަމަކޮށް ދޭނެ އެމްބެސަޑަރަކަށް ވާނެ ކަމަށެވެ.

ސަމާ ސޭލް ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓުތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އާއިލާތަކަށް އެންމެ ރަނގަޅު އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފާތަކާއި އަގުހުރި ޑީލްތައް ލިބިގެންދާނެކަން އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. އިނގިރޭސިވިލާތް، ރަޝިޔާ އަދި ސީއައިއެސް، ޑީއޭސީއެޗް، ސަރަހައްދު، އިޓަލީ ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި މި ކެމްޕޭން ކުރިއަށްދާނެއެވެ.

- ކޮމެންޓް