ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 18:38
ރަސްރަނި ބަގީޗާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ސިފައިންނާ ރައީސް ޔާމިން ބައްދަލު ކުރައްވަނީ
ރަސްރަނި ބަގީޗާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ސިފައިންނާ ރައީސް ޔާމިން ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ރަައީސް ޔާމީނު
ރަސްރަނި ބަގީޗާ ބިނާކުރި އިސް ސިފައިންނާ ރައީސް ބައްދަލު ކުރައްވައިފި
ބައްދަލު ކުރެއްވީ ރައީސް އޮފީހުގައި

ރަސްރަނި ބަގީޗާ ބިނާކުރުމުގައި އިސްކޮށް އުޅުއްވި ސިފައިންގެ ބޭކަލުންނާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލު ކުރައްވާ ޝުކުރު ދަންނަވައިފިއެވެ.

އާދީއްތަ ދުވަހު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިފައިންގެ ސިވެކް ކުންފުނީގެ ފަރާތުން ރަސްރަނި ބަގީޗާ، ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމަޔަށް ތައްޔާރު ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ  އެކަމަށްޓަކައި ޝުކުރު ދެންނެވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ސިފައިންގެ  ރަސްމީ މަސައްކަތުގެ ބޭރުން ޤައުމު ބިނާކުރުމުގެ މިފަދަ މަޝްރޫޢުތަކުގައި ސިފައިން މަސްޢޫލުވެ އުޅުމަކީ ދިވެހި ކޮންމެ ރައްޔިތަކުމެ ހިތުގެ އެންމެ ފުންމިނުން ބަލައިގަންނާނެ ކަމެކެވެ. 

މާލޭ ސަލްޓަންޕާކު ސަރަޙައްދުގައި "އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް" ކޮންސެޕްޓަށް ތަރައްޤީ ކުރެވިފައިވާ ރަސްރަނި ބަގީޗާ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމެވެ. މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ރަސްމީކޮށް ހުޅުއްވައިދެއްވި ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ބަގީޗާއަކީ ހުރިހާ ދިވެހިންގެ ތަނެއް ކަމަށާއި، މިފަދަ ބަގީޗާއެއް ހެދުމުގެ ބޭނުމަކީ، ކުޑަކުދިންނަށް ފަންނީ މަސައްކަތްކުރެވޭ، ތަޢުލީމީ ތަޖުރިބާ ލިބޭފަދަ ތަނެއް ޤާއިމުކުރުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރަސްރަނި ބަގީޗާއަކީ ތަފާތު އެކި ބައިތަކާއި ވަޞީލަތްތައް ހިމަނައިގެން ތަރައްޤީކުރެވުނު ބަގީޗާއެކެވެ. މި ބަގީޗާގައި ކުޑަކުދިންނަށް ޚާއްޞަ ޙަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެފަދަ އިންތިޒާމުތައް ހަމަޖެހިފައިވުމުގެ އިތުރުން، މި ބަގީޗާއަކީ އެކި ޢުމުރުފުރާތަކަށް ވެސް ހިތްހަމަޖެހޭ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރެވޭނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ހިތްފަސޭހަ މައިދާނެކެވެ.

ސިފައިން ލައްވާ ނިމިދިޔަ ރޯދަމަހުގެ ފަހު ދިހައިގެ ރޭގަނޑުގެ ވަގުތުތަކުގައި ވެސް ހުއްޓުމެއް ނެތި އެތަނުގެ މަސައްކަތް ކުރުވާފައިވާއިރު ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ބޭއްވި ސާރކް ސަމިޓަށް އައްޑޫ ކޮންވެންޝަން ސެންޓަރ ޤާއިމް ކުރުމުގައި ސިފައިން ބޭނުން ކުރުމުން ސިފައިންނާއި މިހާރުގެ ސަރުކާރުގެ ބޭފުޅުން އަދި އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
27 އޯގަސްޓް 2017 | އާދީއްތަ 23:15
ޖަލު ހުކުމެއް
ހަޔާތުގެކަންފުޅެއްވެސް ނެތީބާ؟