ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އަނބިކަނބަލުން ވެސް އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވެއްޖެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ރައީސް މައުމޫނު އަބްދުލްޢައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އަނބިކަނބަލުންނާއި ބައްދަލުކުރައްވާފަ އެވެ. އަދި އެ ބައްދަލުވުމުގެ ފޮޓޯއެއް ތިން ބޭފުޅުންވެސް ވަނީ ޓުވީޓް ކުރައްވާފަ އެވެ.
ޓުވީޓްކުރައްވަމުން ޔުމްނާ މައުމޫނު ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އަނބިކަނބަލުން ވެސް ހުންނެވީ ބޭއިންސާފާއި އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށެވެ. އަދި މިފަދަ ހިތްވަރުގަދަ ކަނބަލުންގެ ފަރާތުން ހިތްވަރު ހޯދަންޖެހޭ ކަމަށް ޔުމްނާ ވިދާޅުވެފައިވެއެވެ.
CP Areef ambikambalun ves hunnevi bey insaafaa aniyaaveri kamaa dhekolhah. #FreeFarisNow 1/2 pic.twitter.com/9Ra4feUMbT
— Yumna Maumoon (@yumna_maumoon) August 27, 2017
މަހުލޫފުވެސް ވިދާޅުވީ، ކިތަންމެ ސަރުކާރު އަނިޔާވެރި ވިޔަސް، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އަނބިކަނބަލުން ވެސް ހުންނެވީ އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށެވެ. ރޮޒައިނާ ވެސް ވަނީ ހަމައެފަދައިން ވިދާޅުވެ ޓުވީޓް ކުރައްވާފަ އެވެ.
Kithamme sarukaaru aniyaaveriyas @PoliceMv CP Areef ge anbikanbalunves hunnevvee aniyaaverikamaa dhekolhah @Raajje_tv @vaavu @Mihaarunews pic.twitter.com/TXDoyGlKL5
— Ahmed Mahloof (@AhmedMahloof) August 27, 2017
With Commissioner of Police Areef's wife. She stands with the joint opposition. Thank you for your support and courage madam. pic.twitter.com/gTxf7JNX4w
— MP Rozaina Adam (@Roxeyna) August 27, 2017
ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ، އަރީފްގެ އަނބިކަނބަލުން ދެއްކެވި މިސާލުން މިސާލު ލިބިގަންނަން ޖެހޭކަމަށެވެ. އަދި އެކަމުން މިސާލު ލިބިގަނެ، ސިފައިންނާއި ފުލުހުން ވެސް އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަށް މަހުލޫފު ގޮވާލެއްވި އެވެ.