ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 13:14
ޗައިނާގެ މަނަވަރު
ޗައިނާގެ މަނަވަރު
އެމްއެންޑީއެފް
ޗައިނާގެ މަނަވަރު
ޗައިނާގެ ނޭވީ ތިން މަނަވަރު ރާއްޖެ އަތުވެއްޖެ
މި ތިން މަނަވަރު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު

ޗައިނާގެ ނޭވީ ތިން މަނަވަރު، ރަޙުމަތްތެރިކަމުގެ ދަތުރެއްގައި މިއަދު ރާއްޖެ އަތުވެއްޖެއެވެ.

 އެމްއެންޑީއެފް އިން ބުނި ގޮތުގައި މިއަދު ހެނދުނު ރާއްޖެ އައި ތިން މަނަވަރަކީ، ޗައިނީސް ނޭވީގެ ޗޭން ޗަން އާއި، ޖިންގް ޒޫ އަދި ޗައޮ ހޫ އެވެ.

މި ތިން މަނަވަރު ރާއްޖެ  އައުމާ ގުޅިގެން އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި ސިފައިން ވަނީ މަނަވަރުތަކުގެ ސެއިލަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޗައިނާ މަނަވަރުތަކުގެ ސެއިލަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން އެމްޕީއެލް ސަރަޙައްދުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ދަތުރުގައި މި ތިން މަނަވަރުގެ ސެއިލަރުންނާ ގުޅިގެން ދިވެހި ސިފައިން ތަމްރީނު ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު، އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ބައެއް ކުޅިވަރު ހަރަކާތްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ގިރިފުށީ ޓްރޭނިންގ ސެންޓަރަށާއި، އެމްއެންޑީއެފްގެ ބައެއް އޭރިއާގެ ހެޑްކްއޯޓަރޒްތަކަށް ޒިޔާރަތްކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަވެއެވެ.

މި ތިން މަނަވަރު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 އޯގަސްޓް 2017 | އަންގާރަ 01:00
isisi
ޗައިނާ ދިވެހިންލައްވާ ދެބޯގެރިދުއްވަނީ