ކ. މާލެ
|
3 ޖޫން 2025 | އަންގާރަ 09:28
ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް ހަމަޖެއްސި މުޙައްމަދު ޖައުޝަން ޝަރީފް
ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް ހަމަޖެއްސި މުޙައްމަދު ޖައުޝަން ޝަރީފް
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަން އަކީ ޖައުޝަން
މިއަަހަރު އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސައުދީ އަރަބިއްޔާގަ އެވެ.

މިއަހަރު އޮންނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަން އަށް، މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) ހަމަޖައްސައިފި އެވެ.

މިއަަހަރު އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސައުދީ އަރަބިއްޔާގަ އެވެ. ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު 27 ވަނަ ދުވަހަށް ކުރިއަށްދާ، ހަ ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަން އަކަށް ޖައުޝަން ހަމަޖައްސާފައިވާކަން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ވަނީ ހޯމަ ދުވަހު އިއުލާން ކޮށްފަ އެވެ.

ޖައުޝަން އެންމެ ފަހުން ހުރީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވަގުތީ ޖެނަރަލް ސެކްރެޓަރީގެ މަގާމުގަ އެވެ. އެ މަގާމަށް ޖައުޝަން ހަމަޖައްސާފައި ވަނީ ކުރިން އެ މަގާމުގައި ހުރި ޙުސެއިން ޖަވާޒް (ޖަވާ) އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ވަގުތީ ޖެނަރަލް ސެކްރެޓަރީގެ ދައުރު ހަމަވުމުން ވެސް ޖައުޝަން ވަނީ އެ މަގާމުގައި ދުވަސް ކޮޅެއް ވަންދެން މަޑު ކޮށްފަ އެވެ. އެއީ އެފްއޭއެމްެގެ ނޯމަލައިޒިން ކޮމެޓީގެ އެދުމުގެ މަތިންނެވެ. އެފްއޭއެމްގެ މަގާމުން ވަކިވި ފަހުން ޖައުޝަން އަށް ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ މަގާމެއް ލިބިފަ އެވެ. ފީފާ އިން ޖައުޝަން އަށް ދީފައި ވަނީ، އެ އިދާރާގެ އެމްއޭ ޑިވިޝަންގެ ސްޓްރެޓެޖިކް ޕްރޮޖެކްސްޓްސް އެންޑް އެމްއޭ ގަވަނަަންސް ސަބް ޑިވިޝަންގެ މަގާމެކެވެ.

ޖައުޝަން އަކީ ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ ލީގަލް ކޮމެޓީގައި ވެސް ހިމެނޭ ފަރާތެކެވެ. މީގެ އިތުރުން ދުނިޔޭގެ އެންޓި ޑޯޕިން އޭޖެންސީ (ވާޑާ)ގައި ވެސް ޖައު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެފްއޭމްގައި ގިނަ ދުވަސްތަކެއް ވަންދެން ޖައު މަަސައްކަތް ކޮށްފައިވާއިރު، އެ އިދާރާގެ ލީގަލް ޑިރެކްޓަރުގެ މަގާމު ވެސް ޖައު ވަނީ އަދާ ކޮށްފަ އެވެ. އޭގެ ކުރިން 2016 ވަނަ އަހަރު ފީފާ އިން ފުރަތަމަ ފަހަރަށް ރާއްޖޭ ނޯމަލައިޒް ކުރިއިރު، އެ ފަހަރުގެ ނޯމަލައިޒިން ކޮމެޓީގައި ވެސް ޖައު ހިމެނެ އެވެ.

އެފްއޭއެމްގެ އިތުރުން ޖައު ވަނީ، ހޭންޑުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާ ކޮށްފަ އެވެ. އޭގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގައި ވެސް ޖައުޝަން ވަނީ މަސައްކަތް ކޮށްފަ އެވެ.

ޖައުޝަން ވަނީ މާސްޓާސް އޮފް ލޯސް އިން ޕަބްލިކް އިންޓަނޭޝަނަލް ލޯ ހާސިލު ކުރުމުގެ އިތުރުން، މާސްޓާސް އިން އިންޓަނޭޝަނަލް ސްޕޯޓްސް ލޯ ވެސް ހާސިލު ކޮށްފަ އެވެ. ކުޅިވަރުގެ ދާއިރާ އިން، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން 2022 ވަނަ އަހަރު ޖައު އަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވެސް ލިބިފަ އެވެ.

- ކޮމެންޓް