ފަސޭހަ ހޯމް ބްރޯޑްބޭންޑް ތައާރަފްކޮށް، އުރީދޫގެ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މިއަދު ފުޅާކޮށްފިއެވެ.
އުރީދޫ އަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް ލިބުމާއި އެކު، އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އާއިލާތަކާއި ވިޔަފާރިތަކަށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ފޯރު ކޮށްދީ، އެ ޚިދުމަތުގެ ގިނަގުނަ ފައިދާތަކާއި ގުޅުވާލަދިނުން ކަމަށް އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.
"ފަސޭހަ ހޯމް ބްރޯޑްބޭންޑު ފަރުމާކުރެވިފައި ވަނީ ކޮންމެ ބޭފުޅަކަށް ވެސް، ޚިދުމަތް ހޯދުމުގެ ފުރުސަތު ފޯރުކޮށްދިނުމުގެ އަމާޒާއި އެކު، މާކެޓުގައި އެންމެ އަގުހެޔޮ ރޭޓު ތަކުގައި. ފަސޭހަ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ގިނަ ފައިދާ ތަކާއި ފުރުސަތުތައް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ އެބޭފުޅުންގެ މަސައްކަތްތަކާއި އުންމީދުތަކާއިގެން ކުރިއެރުމުގައި، މި ޚިދުމަތް އެހީތެރިވެދިނުން." ނަޖީބް ޙާން ވިދާޅުވިއެވެ.
ފަސޭހަ ހޯމް ބްރޯޑްބޭންޑަކީ ވަރަށް ފުރިހަމަ ޙައްލެއް ކަމަށާއި މިގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު ތަކުން، މި ޚިދުމަތް ބައްލަވައިގަނެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އަދި ޚިދުމަތް ފޯރުކޮށްދޭއިރު، ކަސްޓަމަރުންނަށް ސެޓަޕް ފުރިހަމަ ކޮށް، އެކްޓިވޭޓް ކޮށްފައިވާ ރައުޓަރ އެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ. އަދި މިގޮތުން، މިނިޓެއް ތެރޭގައި ވެސް، ރައުޓަރ ކަރަންޓާއި ގުޅައިގެން، ފަސޭހަކަމާއި އެކު ހަލުވި ސްޕީޑްގެ އިންޓަނެޓް ބޭނުން ކުރެވޭނެ އެވެ.
އެކި އާއިލާތަކުގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް، އުރީދޫ އިން ވަނީ 10 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭ، ތަފާތު ތިން ޕެކޭޖެއް ތައާރަފް ކޮށްފައެވެ:
ޕެކޭޖް |
އަގު (ރފ.) |
ޑޭޓާ އެލަވަންސް |
ހޯމް ބްރޯޑްބޭންޑް 50 |
699.00 |
50 ޖީބީ |
ހޯމް ބްރޯޑްބޭންޑް 120 |
1،099.00 |
120 ޖީބީ |
ހޯމް ބްރޯޑްބޭންޑް 180 |
1،549.00 |
180 ޖީބީ |
ޕެކޭޖުގެ ވެލިޑިޓީ ޕީރިއަޑު ތެރޭގައި، ލިބިފައިވާ ޑޭޓާ އެލަވަންސް ހުސްވިކަމުގައި ވިއަސް، އެއްވެސް އިތުރު ޗާޖަކާއި ނުލާ، ދަށް ސްޕީޑުގައި ބްރޯޑްބޭންޑް އިންޓަނެޓް ބޭނުން ކުރެވޭނެއެވެ. ހަމައެއާއި އެކު، ފަސޭހަ ބޫސްޓާރ އެއް ޚިޔާރު ކޮށްގެން، ޑޭޓާ އެލަވަންސް އިތުރު ކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
ޕެކޭޖް |
އަގު (ރފ.) |
ޑޭޓާ އެލަވަންސް |
ހޯމް ބޫސްޓަރ |
100.00 |
7 ޖީބީ |