ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 11:08
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް
އަޒުމޫން އަހުމަދު
ޝިދާތާ ޝަރީފް
ޝިދާތާގެ ޕާސްޕޯޓް ހަތް މަސް ވަންދެން ހިފަހެއްޓުމަށްފަހު ދޫކޮށްލައިފި
ޝިދާތާގެ ޕާސްޕޯޓް ހިފަހެއްޓީ ޖެނުއަރި މަހުގެ 26 ވަނަ ދުވަހު
ޖޫން މަހުގެ ތެރޭގައި އިތުރު އަމުރެއްގެ ދަށުން ތިން މަހަށް
އެއްވެސް އަސާސެއް ނެތި ގައުމުގައި ބަންދުކޮށްފަ

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފްގެ ޕާސްޓް ހިފަހައްޓާފައި އޮންނަތާ ހަތް މަސް ފަހުން ޕާސްޕޯޓް ދޫކޮށްލައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ޝިދާތާގެ ޕާސްޕޯޓް ހިފަހެއްޓީ ޖެނުއަރި މަހުގެ 26 ވަނަ ދުވަހު އެވެ. އޭގެ ފަހުން ޖޫން މަހުގެ ތެރޭގައި އެހެން އަމުރެއް ހޯދައިގެން އިތުރު ތިން މަސް ދުވަހަށް ޕާސްޕޯޓް ހިފަހެއްޓި އެވެ.

އާދިއްތަ ދުވަހު ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 211 ދުވަސް ވަންދެން ޕާސްޕޯޓް ހިފަހެއްޓުމަށް ފަހު ޕާސްޕޯޓް ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްވެސް އަސާސެއް ނެތި ގައުުގައި ބަންދުކޮށްފައިވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފަހެއްޓި އިރު، ޝިދާތާ ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅިގެން އެމްޑީޕީން ވަނީ ވަކި ސަބަބެއް ހާމަކުރުމެއް ނެތި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްޗަށް ސަރުކާރުން މައްސަލަތައް އުފައްދައިގެން ޖަލަށްލަމުން ގެންދާ ސިލްސިލާގެ ދަށުން ފްރޭމްކޮށް، ނާއިންސާފު ދައުވާއެއްކޮށް، ޖަލަށްލުމުގެ ބޭނުމުގައި ކަމަށެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފަހެއްޓުމުގެ އަމުރު ނެރެފައިވަނީ ފުލުހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެހެންނަމަވެސް ޝިދާތާގެ މައްޗަށް އެއްވެސް ތުހުމަތެއް ކޮށްފައިނުވާއިރު، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާނެއް ނަގައި، ތަހުގީގު ހިންގާފައި ވެސް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް