ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 22:13
 ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ފ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް
ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ފ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް
ގޫގުލް
ސަރުކާރު ވައްޓާލުން
ކުލީ ސިފައިން ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ދަނީ ރާވަމުން: ޚަލީލް
ސަރުކާރު ވައްޓާލުމަށް ކުރާ މަަސައްކަތުގައި ބައިވެރި ވުމަށް އެދި މެންބަރުނަށް އެސްއެމްއެސް ކުރަނީ ނަޝީދު
ރައީސް ޔާމީނަށް މެންބަރުންގެ ތާއީދު އިތުރުވަމުން ދާތީ ރައީސް ނަޝީދު ހުންނެވީ ކަންބޮޑުވެވަޑައިގެންފައި

 

ކުލީ ސިފައިން ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން ރާވަމުންދާ ކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ފ. ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް  ވިދާޅުވެއްޖެއެވެ.

 

ޑރ. އަބްދުﷲ ޚަލީލް  ހޮނިހިރު ދުވަހުގެރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ވައްޓާލުމަށް ކުރާ މަަސައްކަތުގައި ބައިވެރި ވުމަށް އެދި މެންބަރުނަށް އެސްއެމްއެސްކޮށް ގުޅައި ރައީސް މުހައްމަދު ނަޝީދު އާދޭސް ކުރައްވަމުންދާ ކަމަށެވެ.

 

އަދި ރައީސް ޔާމީނަށް މެންބަރުންގެ ތާއީދު އިތުރުވަމުން ދާތީ ރައީސް ނަޝީދު ހުންނެވީ، ވަރަށްބޮޑަށް ކަންބޮޑުވެވަޑައިގެންފައި ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

 

ޑރ.ޚަލީލް ވިދާޅުވީ މަޖިލިސް ތެރެއިން ސަރުކާރު ވައްޓާނުލެވިއްޖެނަމަ ކުލީ ސިފައިންގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރަނީ ކޮންގައުމެއްގެ ސިފައިންނެއް  ބޭނުންކޮށްގެން ކިހިނެއް ކަމެއް ޚަލީލު ވިދާޅެއްނުވެއެވެ.

ޑރ. ޚަލީލު ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގައި ބައިބައިވުން ބޮޑު ކަމަށެވެ.  އެގޮތުން ނަޝީދު ފެކްޝަން އަކާއި ޝާހިދު ފެކްޝަން އަކާއި އިބޫ ފެކްޝަނެއް މިހާރު އުފެދިފައިވާ ކަމަށެވެ. އަދި އެކަން އެހެންވީ ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން މަސައްކަތް ފެށި ހިސާބުން ކަމަށް އެމްޑީޕީގެ އާއްމު މެންބަރުން ބުނާ ކަމަށް ހަލީލު ވިދާޅުވެފައިވެއެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
26 އޯގަސްޓް 2017 | ހޮނިހިރު 22:53
ރާޒީ
މި ބޭފުޅާ ހައްޔަރު ކޮށްގެން މި ކަންތައް ބަލައި ދިނުމަށް ދިވެހި ސިފައިންނަން ގޮވާލަން.މިބޭފުޅާ މިދެއްކީ ގައުމީ ސަލާމަތައް ނުރައްކާ ހުރި ވާޙަަަކަ ތަކެއް ...މިކަން އަވަހަށް ތަހުގީގް ކުރޭ