ސުޕްރީމް ކޯޓު މިނިވަން ކުރުމާއި ފަޑިޔާރުގެ ތަކުގައި ހިންގަމުންދާ ޖަރީމާތައް ހުއްޓުވަން ލީގަލް ކޮމިއުނިޓީ އާއި ޖަޖުންވެގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
SC minivan kurumashaai Fandiyaaru ge thakugai hingamun dhaa Jareemaathah huhttuvan legal community & gina judges ihthijaaju kuran jehey.
— Mohamed Jameel Ahmed (@MJameelAhmed) August 26, 2017
ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަރުކާރުގެ ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ ޖަމީލު މިފަދަ ގޮތަކަށް ފަނޑިޔާރު ގެއަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ ދަންވަރުގެ ވަގުތެއްގައި ބަންޑާރަ ނައިބާއި ޑިފެންސް މިނިސްޓަރ ސުޕްރީމް ކޯޓަށް ވަދެވަޑައިގެންފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިޔާގައި އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، ހިޔާލު ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ޖަމީލް ވަނީ ސުޕްރީމް ކޯޓު މިނިވަން ކުރުމަށް ކަމަށް ގޮވާލައި ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އިހްތިހާޖާޖު ކުރަންޖެހޭ ކަަމަށް ވިދާޅުވެފައެވެ.
އެގޮތުން މިފަަދަ އަމަލެއް ހިންގުމަކީ ސުޕްރީމް ކޯޓުގެ މިނިވަން ކަމަށް ނުޒޫފު ފޯރުވައި އިންސާފަށް ހުރަސް އަޅަމުންދާ ކަމެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެ އެވެ. މީގެ އިތުރުން ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ކުރީގެ ބަންޑާޜަ ނައިބު ހުސްނުއްސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ މަސްލަހަތު ހުރި މައްސަލަތައް ބަލަމުންދަނިކޮށް ވަޒީރުން ފަނޑިޔާރުންނާ ދަންވަރު ބައްދަލު ކުރުމަކީ ހުދުމުހުތާރު ވެރިކަމެއްގައި އާދައިގެ ކަމެއް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.