ކ. މާލެ
|
17 މެއި 2025 | ހޮނިހިރު 13:30
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް ވަނީ ފެންމަތިވެފައި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް ވަނީ ފެންމަތިވެފައި
ރާއްޖެއެމްވީ
އައިޖީއެމްއެޗަށް ބޮޑެތި ތުހުމަތުތަކެއް
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
އެމީހާގެ އޮޕަރޭޝަން ކާމިޔާބުވި، މިމައްސަލަ ކުރިމަތިވީ 45 ދުވަސްފަހުން
އެހެން ދިމާވާން މެދުވެރިވާނެ ސަބަބެއް ބުނެދެވުނު ޑޮކްޓަރަކާ އަދި ދިމާނުވޭ
މި މައްސަލައާ ގުޅގެން އައިޖީއެމްއެޗްގެ ބަހެއް ނުލިބޭ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިބްރާހިމް ލަތީފް ކިޔާ މީހަކު، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑީއޯގައި ބުނެފައިވަނީ ކައްސާލައިގެން ވެއްޓި ޖެހުމުގެ ސަބަބުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހަކު، އޮޕަރޭޝަން ކާމިޔާބުވެ ރިކަވާވި ކަމަށެވެ. އެ މީހާ ތެދުވެ އިށީނދެ އިދެގެން ކަސްރަތުކުރި ކަމަށާއި، ނަމަވެސް 45 ދުވަސްފަހުން ލޮލުގެ ފެނުން ދިޔަ ކަމަށާއި، އެމީހާއަށް ވާހަކަ ނުދެކެވި، ނޭވާލާން އުދަނގޫތައް ކުރިމަތިވެ އަދި ވިސްނުން އެއްކޮށް ގޮސްފައިވާ ކަމަށެވެ.

އެމީހާއަށް މިހާލަތު ކުރިމަތިވީ ކީއްވެގެންތޯ އޭނާ ސުވާލު އުފައްދާފައިވެއެވެ.

މިސުވާލު ވަރަށް ގިނަ ޑޮކްޓަރުންނާ ކޮށްފައިވާކަން ފާހަގަކޮށް، އެމީހާ ބުނެފައިވަނީ މިސުވާލަކަށް އެއްވެސް މީހަކަށް ޖަވާބެއް ދެވިފައިނުވާ ކަމަށާއި، އެހެން ދިމާވާން މެދުވެރިވާނެ ސަބަބެއް ބުނެދެވުނު ޑޮކްޓަރަކާ އަދި ދިމާނުވާ ކަމަށެވެ.

މީގެ އިތުރުން އެމީހާ ބުނީ މިމައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ ބޭފުޅުން ބައްދަލުކޮށްފައިވާ ކަމަށާއި، ތަހުގީގުކޮށް ނިންމުމަށްފަހު ދެހަފްތާ ތެރޭގައި ޖަވާބުދޭނެ ކަމަށް ބުނި ނަމަވެސް މަސް ދުވަސް ފާއިތުވެގެން ދިޔައިރު އެއްވެސް ޖަވާބެއް އައިޖީއެމްއެޗުން ދީފައިނުވާ ކަމަށް އެމީހާ ބުނެފައިވެއެވެ.

އެހެންނަމަވެސް އަދި އޭގެ ޖަވާބު ދެވޭވަރުގެ މީހެއް އަދި އެހެންވާންޖެހޭ އެއްވެސް ސަބަބެއް ބުނެވުނު ޑޮކްޓަރެއް ނެތް. އަޅުގަނޑުމެން ކޮލިޓީ ޑިޕާޓްމަންޓް އައިޖީއެމްއެޗް ބައްދަލުކޮށްފިން. އެބޭފުޅުން ދެ ހަފްތާ ތެރޭގައި އެ ތަހުގީގުކޮށްފައި ޖަވާބު ދޭނެ ކަމަށް ބުނެފައި އޮތީ. އެހެން ނަމަވެސް މަހެއް ވެގެންދިޔައިރު ވެސް އަދިވެސް ޚަބަރެއް ނުވޭ.

އިބްރާހިމް ލަތީފް

އިބްރާހިމް ލަތީފް ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ޖަވާބު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި، އާދިއްތަ ދުވަހު އަނެއްކާ ވެސް އައިޖީއެމްއެޗަށް ދާނެ ކަމަށެވެ.

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް ފެންމަތިވެފައިވާއިރު، މީގެ ކުރިންވެސް އައިޖީއެމްއެޗްގެ އިހުމާލުން ގިނަ ބައެއް މީހުންގެ ފުރާނަ ގެއްލި، ސިއްހީ ބޮޑެތި މައްސަލަ ދިމާވެފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭތޯއާއި، މައްސަލަ ތަހުގީގު ކުރޭތޯ ބެލުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ.

- ކޮމެންޓް