ކ. މާލެ
|
15 މެއި 2025 | ބުރާސްފަތި 22:36
ޑިވަލަޕްމަންޓް ބޭންކުގެ ސީއީއޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް (މ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއި ސަލާމް ކުރައްވަނީ - 26 އޮގަސްޓް 2024
ޑިވަލަޕްމަންޓް ބޭންކުގެ ސީއީއޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް (މ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއި ސަލާމް ކުރައްވަނީ - 26 އޮގަސްޓް 2024
ރައީސް އޮފީސް
ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް
ޑެވެލޮޕްމެންޓް ބޭންކްގެ ސީއީއޯ ކަމުގައި ކުރިން ހުންނެވި ނޮއެލް މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ޓްރިބިއުނަލް އަށް މައްސަލަ ހުށަހަޅުއްވައިފި
އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ނޮއެލް ގްރެގަރ އައްޔަން ކުރެއްވީ އޮގަސްޓް 2024 ގަ

މި ސަރުކާރުން އުފައްދާ ހުޅުވި ޑިވެލޮޕްމަންޓް ބޭންކުން ހިދުމަތް ނުދެވި އުޅެނިކޮށް އިސްތިއުފާ ދެއްވާފައިވާ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް މުސާރައާއި އިނާޔަތްތައް ނުލިބިގެން، ވަޒީފާ އާއި ބެހޭ ޓްރިބިއުނަލް އަށް މައްސަލަ ހުށަހަޅައިފިއެވެ.

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފައްދާފައިވަނީ 16 މެއި 2024 ގައެވެ. މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އޭނާ މަޤާމުން އިސްތިއުފާދެއްވީ މި އަހަރުގެ މާރޗް މަހުގެ މެދެއްހާ ހިސާބުގައެވެ. އެނގިފައިވާ ގޮތުގައި އޭނާ ވަނީ އިސްތިއުފާދެއްވުމަށް ފަހު އޭނާ އަށް މުސާރަ އާއި އިނާޔަތްތައް ނުލިބެތީ ކޯޓަށް މައްސަލަ އެއް ހުށަހަޅުއްވާފައެވެ. އެ މައްސަލަ ވަޒީފާ އާއި ބެހޭ ޓްރިބިއުނަލް އިން ބަލައިގަނެފައިވާ ކަމަށް ވެސް ބައެއް މަސްދަރުތަކުން މައުލޫމާތުދީފައިވެއެވެ. ނަމަވެސް ޓްރބިއުނަލް އިން ރަސްމީކޮށް އެކަން ހާމަކޮށްފަ އެއް ނުވެއެވެ.

އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ނޮއެލް ގްރެގަރ އައްޔަން ކުރެއްވީ އޮގަސްޓް 2024 ގައެވެ.

މީގެ އިތުރުން އެ ބޭންކު ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ 16 ނޮވެމްބަރު 2024 ގައެވެ. ނަމަވެސް މިހާތަނަށް އައި އިރު މި ބޭންކުގެ ހިދުމަތެއް އެއްވެސް ގޮތަކަށް ދީފައި ނުވެއެވެ.

- ކޮމެންޓް