ކ. މާލެ
|
14 މެއި 2025 | ބުދަ 18:07
އެމްޑީޕީގެ ވަފުދުން އީޔޫއާއި ބައްދަލުކުރުން
އެމްޑީޕީގެ ވަފުދުން އީޔޫއާއި ބައްދަލުކުރުން
ރާއްޖެއެމްވީ
ފަނޑިޔާރުން ވަކިކުރި މައްސަލަ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގެ މައުލޫމާތު އީޔޫއާ ޙިއްސާކޮށްފި
ރާއްޖޭގެ ޝަރުޢީ ނިޒާމާ ގުޅުންހުރި ގޮންޖެހުންތައް ޔޫރަޕިއަން ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ގުޅުންތަކާ ބެހޭ ޑެލިގޭޝަންގެ އިސްވެރިޔާއާ ހިއްސާކުރެވުނު
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މި ބައްދަލުވުމުގައި ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކަންބޮޑުވުންތަކުގެ އިތުރުން ރާއްޖޭގެ މަސްރަހުގައި ހުރި އެހެނިހެން ކަންކަމާވެސް ބެހޭ މައުލޫމާތު ހިއްސާކުރެއްވި

ޤާނޫނާއި ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައުލޫމާތު އެމްޑީޕީއިން ޔޫރަޕިއަން ޕާލަމަންޓާއި ޙިއްސާކޮށްފި އެވެ.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ގުޅުންތަކާ ބެހޭ ޑެލިގޭޝަންގެ އިސްވެރިޔާ ސާބަން ޑިމިޓްރީ ސްޓުރްޒްޑާ އާ ބައްދަލުކުރައްވައި، ރާއްޖޭގެ ޝަރުއީ ނިޒާމަށް ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. ޝާހިދުގެ އަރިހުގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ބައިވެރިވެވަޑައިގަތެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި އޮތް މި ބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ކަންބޮޑުވުންތަކުގެ އިތުރުން ރާއްޖޭގެ މަސްރަހުގައި ހުރި އެހެނިހެން ކަންކަމާ ބެހޭ މައުލޫމާތުވެސް އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާ ޑެލިގޭޝަނާ ހިއްސާކުރެއްވިއެވެ. ޝާހިދު ބްރަސަލްސްއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އީޔޫގެ އެހެން އިސްވެރިންނާވެސް ބައްދަލުކުރައްވާނެއެވެ.

ބްރަސަލްސްއަށް ވަޑައިގަތުމުގެ ކުރިން ޝާހިދު ވަނީ ލަންޑަނުގައި އިނގިރޭސި ޕާލަމަންޓުގެ ބައެއް ބޭފުޅުންނާއި އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޝަރުއީ ނިޒާމް ހައިޖެކްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ކޮމަންވެލްތާއި ހިއްސާކޮށްފައިވެއެވެ.

މި ބައްލުވުމުގައި ކުރީގެ ފޮރިން މިނިސްޓަރ އަދި އަދި އެމްޑީޕީގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ޝާހިދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި، ހެންވޭރު ދެކުުނު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާރލީ އަޔޯރކޯރ ބޮޗްވޭއާ ޝާހިދު ބައްދަލުކުރައްވާފައިވެ އެވެ. އަދި މި ބައްދަލުވުމާއި ގުޅޭގޮތުން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ޖުޑިޝަރީއަށް ހަމަލާދިނުމާއި، ޕާލަމެންޓްރީ ޗެކް އެންޑް ބެލެންސްތައް ހައިޖެކްކުރުމާއި، މިނިވަން ކޮމިޝަންތަކާއި މީޑިއާތައް ފިއްތާލުމާއި، ސަރުކާރުން ޤާނޫނު އަސާސީއާ ހިލާފުވަމުންދާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު އޮތް ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ޒުވާނުން ކުރަމުންދާ މުޒާހަރާގެ ވާހަކަވެސް ހިއްސާކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

- ކޮމެންޓް