ކ. މާލެ
|
12 މެއި 2025 | ހޯމަ 23:19
އަޒްމިރަލްދާއަށް ބިރުދައްކަން ފޮނުވި ކަމަށް ބުނާ އެޖެންޓާއި އުޝާމް ފެބްރުއަރީ މަހުގައި ބައްދަލުކުރިކަމަށް ވިދާޅުވި
އަޒްމިރަލްދާއަށް ބިރުދައްކަން ފޮނުވި ކަމަށް ބުނާ އެޖެންޓާއި އުޝާމް ފެބްރުއަރީ މަހުގައި ބައްދަލުކުރިކަމަށް ވިދާޅުވި
ރާއްޖެއެމްވީ
އަޒްމިރަލްދާއަށް ނުފޫޒު ފޯރުވި މައްސަލަ
އަޒްމިރަދާ އެ ވިދާޅުވާ އެޖެންޓަކާއި އަޅުގަނޑާއި ވާހަކަ ދެކެވުނު، އެއީ ފެބްރުއަރީ މަހުގެ ކުރީ ކޮޅުގައި - އުޝާމް
ނުފޫޒު ފޯރުވީ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައި ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން
ސުޕްރީމް ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ސަރުކާރުގެ އޮފިޝަލު ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ގުޅީ އެހެން މީހަކު މެދުވެރިކޮށް
އަޅުގަނޑާއި އަޅުގަނޑުގެ ރަހުމަތްތެރިޔާއާއި އެބުނާ އެޖެންޓަކާއި ދެކެވުނު ވާހަކައެއް ދެކެވުނީ ފެބްރުއަރީ މަހުގެ ކުރީކޮޅު

ބަންޑާރަ ނައިބު އަހުމަދު އުޝާމް ފޮނުވިކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަދާ ޒާހިރު ވިދާޅުވާ އެޖެންޓަކާއި އޭނާއާއި ވާހަކަ ދެކެވުނު ކަމަށާއި، އެވާހަކަ ދެކެވުނީ އޭނާގެ ރައްޓެއްސަކާއި އެ އެޖެންޓާ އެކީގައި ފެބްރުއަރީ މަހުގެ ކުރީ ކޮޅުގައި ކަމަށް އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވީ އަހާ ޕްރޮގްރާމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އުޝާމު އަށް އަމާޒުކުރި ސުވާލަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ބައެއް އެހެން ފަނޑިޔާރުންވެސް ވިދާޅުވެފައި އެބަހުރި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ވާހަކަ، އަދި އެފަދަ ތުހުމަތުތައް އޭޖީއަށްވެސް އަމާޒުވޭ، އެފަދަ ކަމެއް ކުރެއްވިންތޯ އެވެ.

އެ ސުވާލުގެ ޖަވާބުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށްޓަކައި އަޅުގަނޑުގެ ފަރާތުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އަކީ ސިޔާސީ ބޭފުޅެއް ކަމަށާއި، ސިޔާސީ ވާހަކަ އެބޭފުޅާ ދައްކަވާނެ ކަމަށެވެ. ނަމަވެސް އޭޖީގެ މިޒާޖު ހުންނަވާ ގޮތުން ސިޔާސީ ވާހަކަތަކަށް ރައްދު ނުދެއްވާތީ ރައްޔިތުންނަށް ގަބޫލުކުރެއްވެނީ އެކަން އެގޮތަށް ހިނގާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިދިޔަ މުއްދަތުގެ ތެރޭގައި އެކިއެކި ގޮތްގޮތުން ހުސްނުއްސުއޫދު އެކިއެކި މީހުން ލައްވާ ފޮނުވާފައިވާ މެސެޖްތަކާއި ރައީސް އާއި ހުސްނުއްސުއޫދު ބައްދަލުވެ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ހަގީގަތުގައި ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައިވާ ހުންނެވީ އެބޭފުޅާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވެސް ހުންނަވާނީ އެބޭފުޅާ. އަޅުގަނޑު ވަރަށް ހަމަ ޔަގީންކަމާއެކީގައި މިހެން މި ދަންނަވަނީ. އެއްވެސް ޒަމާނެއްގައި އެއްވެސް ތަނަކުން މިކަން ތަހުގީގުކޮށްފިނަމަ އަޅުގަނޑަށް ޖަވާބުދާރީ ވެވޭނެ. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑު ނޯންނާނެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި. ނުފޫޒެއް ފޯރުވަން މަސައްކަތެއްކޮށްފައި އޮތިއްޔާ އެކަން ކުރީ އެބޭފުޅާ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް

އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން އަންނަ ތުހުމަތެއްވެސް އެބައޮތް ކަމަށެވެ. އެއީ އެޖެންޓެއް ފޮނުވައިގެން އިންޒާރެއް ދެއްވި ވާހަކަ ކަމަށާއި، އެޖެންޓެއް ފޮނުވައިގެން އިންޒާރެއް ނުދެއްވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އަޅުގަނޑުގެ ރައްޓެއްސަކާއި ދެކެވުނު ވާހަކައެއް. ކަންދިމާކުރި ގޮތުން އަޅުގަނޑުގެ އެ ރައްޓެއްސަކީ އަޒްމިރަލްދާގެ ކޮމަން ފްރެންޑެއް. ދެކެވުނު ވާހަކައެއްގެ ތެރެއިން ގޮސް އެމީހަކު ދެއްކި ވާހަކައެއް އެ ތުހުމަތުކުރަނީ. އެއީ އެހެން ހިނގައިދިޔަކަމެއް ވެސް ނޫން. އެކަމެއް ހިނގައިދިޔައީ ވެސް ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައިގެ ވެސް މާކުރިން. އެބޭފުޅުން ވަރަށް ކޮންވީނިއަންޓްލީ ނުދައްކާ ވާހަކައެއް އެއީ. އަޅުގަނޑާއި އަޅުގަނޑުގެ ރަހުމަތްތެރިޔާއާއި އެބުނާ އެޖެންޓަކާއި ދެކެވުނު ވާހަކައެއް ދެކެވުނީ ފެބްރުއަރީ މަހުގެ ކުރީކޮޅު. މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު. އެއިރު އަދި ސުޕްރީމް ކޯޓުގެ މައްސަލައިގައި ހިއަރިންއެއް ތާވަލެއް ވެސް ނުކުރޭ. އެފަހުން ސުޕްރީމް ކޯޓުގެ ދެ ހިއަރިންގ ބޭއްވުނު. ތި ދަންނަވާ ދެ ފަނޑިޔާރުން އެ ހިއަރިންގައި ތިއްބަވަންވެސް ތިއްބެވި. އަޅުގަނޑުމެން އެ މައްސަލައަށް ނުފޫޒު ފޯރުވިނަމަ ކީއްވެގެންތޯ އެދުވަހު އެވާހަކަ ވިދާޅުނުވީ؟

ބަންޑާރަ ނައިބު އަހުމަދު އުޝާމް

އުޝާމް ވިދާޅުވީ އޭނާއާއި ރައީސް މުއިއްޒުއަށް އެހާބޮޑު ތުހުމަތެއް ކުރައްވާއިރުގައި މައްސަލައިގެ ދެ އަޑުއެހުން ކުރިއަށްދިޔަ އިރުވެސް އެ ވާހަކަ ވިދާޅުނުވީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ. އަދި މިހާރު ނޫސްބަޔާންތަކާ އެއްޗެއްހި ނެރުއްވާ އިރު އެވާހަކަ ނުދައްކަވާ ކަމަށާއި، ސުލޫކީ މައްސަލައެއް ދިމާވެގެން އެ މައްސަލަ ބަލަން ފެށުމުން އެވާހަކަ ދައްކަމުންދާ ކަމަށާއި، އެހެންކަމުން އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށް އުޝާމް ވިދާޅުވިއެވެ.

އެޖެންޓެއް ނުފޮނުވާކަމަށާއި، އެއީ ދޮގު ވާހަކަތަކެއް ކަމަށް އުޝާމް ވިދާޅުވި އިރު، އަޒްމިރަލްދާ ވިދާޅުވެފައިވަނީ އޭނާއަށް ނުފޫޒު ފޯރުވީ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައި ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ކަމަށެވެ.

އަޒްމިރަލްދާގެ ވަކީލު ޝަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ސަރުކާރުގެ އޮފިޝަލު ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ގުޅީ އެހެން މީހަކު މެދުވެރިކޮށް ކަމަށެވެ.

- ކޮމެންޓް