ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 12:30
ސިފައިންގެ އޮފިސަރުންތަކެއް
ސިފައިންގެ އޮފިސަރުންތަކެއް
މުހައްމަދު ފަޒީން
ޑިފެންސް މިނިސްޓަރު
ޑިފެންސް މިނިސްޓަރުގެ އޯޑިއޯއާ ގުޅިގެން ސިފައިންގެ އެއްވެސް އޮފިސަރެއް ވަޒީފާއެއް ވަކިކޮށްފައެއް ނުވޭ: އެމްއެންޑީއެފް
އޯޑިއޯ ގުޅިގެން ސިފައިންގެ އެއްވެސް އޮފިސަރުންތަކެއް ބަންދު ކޮށްގެން ތަހުގީގެއް ނުކުރޭ
ސިފައިންގެ އޮފިސަރަކު އަމިއްލަ އަށް ވަކިވުމަކީ އިދާރީ ކަމެއް

 ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އޯޑިއޯއާ ގުޅިގެން ސިފައިންގެ އެއްވެސް އޮފިސަރަކު ވަޒީފާއިން ވކިކޮށްފައި ނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ. 

 ލީކުވެފައިވާ ޑިފެންސް މިނިސްޓަރުގެ އޯޑިއޯއާ ގުޅިގެން ސިފައިންގެ އެސްޕީޖީގައި މަސައްކަތް ކުރާ އޮފިސަރަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ މީޑިއާގައި އާންމުވެފައިވާ ޚަބަރުތަކާ ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން އެމްޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ އޯޑިއޯއާ ގުޅިގެން ސިފައިންގެ އެއްވެސް އޮފިސަރަކު ވަކިކޮށްފައި ނުވާ ކަމަށާއި އަދި އެސްޕީޖީގެ އޮފިސަރަކު ވަކިކޮށްފައިވާ ކަމަށް ބުނެ މީޑިއާތަކުގައި އާންމުވެފައިވާ މައުލޫމާތަކީ އެއްވެސް ހަގީގަތެއް ހުރި މައުލޫމާތެއް ނޫން ކަމަށެވެ. 

ކެޕްޓަން އިބްރާހީމް ވިދާޅުވީ ސިފައިންގޭގައި މަސައްކަތްކުރާ މީހަކު ނުވަތަ އޮފިސަރަކު އަމިއްލަ އަށް ވަކިވެގެން ދިއުމަކީ އެ މީހެއްގެ އަމިއްލަ ކަމެއް ކަމަށާއި އަދި ސިފައިންގެއިން ވަކިވާ އޮފިސަރަނުންގެ މައުލޫމާތު އެއްވެސް އިރެއްގައި މީޑިއާ ހިއްސާ ނުކުރާ ކަމަށެވެ. 

އޯޑިއޯއާ ގުޅިގެން ސިފައިންގެ އެއްވެސް އޮފިސަރުންތަކެއް ބަންދުކޮށްގެން ތަހުގީގުތަކެއް ކުރަމުންދޭތޯ ރާއްޖެއެމްވީން ސުވާލު ކުރުމުން ކެޕްޓަން އިބްރާހީމް ވިދާޅުވީ ސިފައިންގެ ތެރޭގައި އަބަދުވެސް އެކި މައްސަލަތަކުގައި އޮފިސަރުންނާ ސުވާލުކޮށް އިދާރީ ގޮތުން ކުރަން ޖެހޭ ތަހުގީގުތަކެއް ކުރާ ކަމަށާއި ނަމަވެސް އޯޑިއޯއަކާ ގުޅިގެން އެއްވެސް އޮފިސަރަކު ބަންދުކޮށްގެން ތަހުގީގެއް ހިނގަމުންދާކަން އެނގިފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފް އިން އެހެން ބުނި ނަމަވެސް އެސްޕީޖީގެ އޮފިސަރުންނާއެކު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބޭއްވި ބަންދަލުވުމެއްގައި ދެއްކެވި ވާހަކައިގެ އޯޑިއޯ ލީކުވި މައްސަލާގައި ސިފައިންގެ އެތެރޭގެ ތަހުގީގެއް ކުރުމަށް އެސްޕީޖީގެ އޮފިސަރުންތަކެއް ބަންދުކޮށްފައިވާކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ. 

އެ ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅު ލީކުވެފައިވާއިރު، މިނިސްޓަރު ވިދާޅުވެފައި ވަނީ ސިފައިންގެ ލީޑަޝިޕުން މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ސިފައިންގެ ވެރިންގެ ޓޮލަރެންސް މާބޮޑުވާނެ ކަމަށެވެ.

އެ އޯޑިއޯގައި ކޮންމެވެސް މީހެއްގެ ދަތްދޮޅު ދުއްވާލީމުސް ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، ބެލެވޭ ގޮތުގައި އެ އިޝަރާތް ކުރައްވަނީ އެ ދުވަހުގެ ޖަލްސާގައި އިހުތިޖާޖް ކުރި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށް ކަމަށް ބެލެވެއެވެ.

މިނިސްޓަރު ވިދާޅުވީ "އެހާވަރު" ކުރަމުންދާއިރު ކެތްތެރިކަމާއެކު ތިއްބެވީތީ ސިފައިންގެ އޮފިސަރުންނަށް ސެލިއުޓް ކުރައްވާ ކަމަށެވެ. އަދި ސިފައިން ކަމެއް ކުރި ނަމަ ގައުމަށް ލިބޭ ހުތުރު ނަން މާބޮޑުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 އޯގަސްޓް 2017 | ހޮނިހިރު 14:07
Saŕukaarugealhukujjaa
Thibeyfulhaage vazeefa beynun nama thi gothah bunan jiheynee. Thee massala eh noon. Thy aammu kameh mihaaru. Vazeefaage birah kuran jehunu komme kameh kurun. Maves mee ehaalu jehifa huri meeheh