ކ. މާލެ
|
9 މެއި 2025 | ހުކުރު 13:19
އިމިގްރޭޝަން އޮފިސަރުންތަކެއް ޚިދުމަތް ދެނީ
އިމިގްރޭޝަން އޮފިސަރުންތަކެއް ޚިދުމަތް ދެނީ
އިމިގްރޭޝަން
އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ
އިމިގްރޭޝަންގެ ނަމުގައި އިމުގާ ފޯމު ދޫކުރުމަށް ސައްހަ ނޫން ޕޯޓަލްތަކެއް ހިންގާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ތިން ވެބްސައިޓަކުން އިމުގާ ފޯމު ދޫކުރާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ
ރަސްމީ ވެބްސައިޓުން ނޫނީ ފޯމު ޑައުންލޯޑު ނުކުރުމަށް އެދިފައިވޭ

އިމިގްރޭޝަންގެ ނަމުގައި އިމުގާ ފޯމު ދޫކުރުމަށް ސައްހަ ނޫން ޕޯޓަލްތަކެއް ހިންގާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިމިގްރޭޝަނުން ބުނީ އިމުގާ ފޯމު ދޫކުރުމަށް ފޭކު ޕޯޓަލްތަކެއް ހިންގާ ކަމަށާއި، އެކަން ސަމާލު ކަމަށް އައިސްފައިވާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ތިން ވެބްސައިޓަކުން އިމުގާ ފޯމު ދޫކުރާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނަ ކަމަށެވެ. އެއީ އިމުގާ އެޕްލިކޭޝަން، އިމުގާ އޮންލައިންގެ އިތުރުން އިމުގާ މޯލްޑިވްސް ޑޮޓް ނެޓެވެ.

އިމިގްރޭޝަނުން ވަނީ އެ ވެބްސައިޓުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް، ރަސްމީ ވެބްސައިޓުން ނޫނީ ފޯމު ޑައުންލޯޑު ނުކުރުމަށް އެދިފައެވެ.

ފަހަކަށް އައިސް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި ތަފާތު އެކި ގޮތްގޮތަށް ސްކޭމްތައް ހިންގައި، ގިނަ ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ އަތުލައިގެނެފައިވެއެވެ. މި މައްސަލަތައް ފެންމަތިވަމުންދާތީ، ފުލުހުންނާއި ކަމާގުޅުންހުރި އިދާރާތަކުން ދަނީ ގޮތް ނޭނގޭ ލިންކްތަކަށް ވަނުމާއި، އޮންލައިންކޮށް ވިޔަފާރިކުރާއިރު، އިތުރަށް ސަމާލުވުމަށް އެދިފައެވެ.

- ކޮމެންޓް