ކ. މާލެ
|
8 މެއި 2025 | ބުރާސްފަތި 09:14
އިސްރާއީލަށް އަމާޒުކޮށް މީގެ ކުރިން ހޫތީން އިން ފޮނުވާލި މިސައިލް ހަަމަލާ ފެންނަ މަންޒަރެއް
އިސްރާއީލަށް އަމާޒުކޮށް މީގެ ކުރިން ހޫތީން އިން ފޮނުވާލި މިސައިލް ހަަމަލާ ފެންނަ މަންޒަރެއް
ރޮއިޓަރސް
އިސްރާއީލް-ޔަމަން ހަނގުރާމަ
ޔަމަނުން ފޮނުވާލި މިސައިލް ހަމަލާއެެއް އިސްރާއީލްގެ ސަރަހައްދުން ބޭރަށް ވެއްޓިއްޖެ
ޔަމަނުން އިސްރާއީލަށް އަމާޒުކޮށް މި ހަމަލާ ފޮނުވާލާފައި ވަނީ، ހޫތީން އަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން އެމެރިކާ އިން އެއްވަސްވި ފަހުން.

އިސްރާއީލަށް އަމާޒުކޮށް ޔަމަނުން ފޮނުވާލި މިސައިލް ހަމަލާއެއް، އިސްރާއީލްގެ ސަރަަހައްދުން ބޭރަށް ވެއްޓިފައިވާ ކަމަށް އެ ޤައުމުގެ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.

ޔަމަނުން އިސްރާއީލަށް އަމާޒުކޮށް މި ހަމަލާ ފޮނުވާލާފައި ވަނީ، ހޫތީން އަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން އެމެރިކާ އިން އެއްވަސްވި ފަހުންނެވެ. އެ އެއްބަސްވުން ޤާއިމު ކޮށްފައި ވަނީ އޮމާން މެދުވެރި ވެގެންނެވެ.

ހޫތީން އިން ބުނެފައިވާ ގޮތުގައި އެމެރިކާ އާ އެކު ވެވުނު އެއްބަސްވުމުގައި އިސްރާއީލް ނުހިމެނެ އެވެ. މިދިޔަ ދުވަސްތަކުގައި ހޫތީން އިން ވަނީ އިސްރާއީލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފަ އެވެ. ދާދި ފަހުން ވަނީ އިސްރާއީލްގެ މައި ވައިގެ ބަނދަރު ހިމެނޭ ސަރަހައްދަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ.

އޭގެ ބަދަލުގައި އިސްރާއީލް އިން ރައްދު ހަމަލާ ދޭނެ ކަމަށް ބުނެ، އޭގެ ފަހުން ވަނީ ޔަމަނަށް އަމާޒުކޮށް ހަމަލާ ދީފ އެވެ. އިސްރާއީލް އިން ހަމަލާއެއްގެ ސަބަބުން ޔަމަންގެ ސަނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތް ވެސް ވަގުތީ ގޮތުން މެދު ކަނޑާލަން ޖެހުނެވެ. 

ހޫތީން އިން ބުނެފައިވާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް ހަމަލާ ދެމުން އަންނަނީ، ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގައި ޣައްޒާގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުންނެވެ. 

އެމެރިކާ އާއެކު ހޫތީން އިން ވެފައިވާ އެއްބަސްވުމާ ގުޅިގެން، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ހަމަލާތައް އަންނާނެ ގޮތެއް މިހާތަނަށް ސާފުވެފައި ނުވާ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް، އިސްރާއީލަށް އަމާޒުކޮސް ހޫތީން އިން ދެމުން އަންނަ ހަމަލާތައް މެދު ނުކެނޑޭނެ ކަމަށް ބެލެވޭ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. 

- ކޮމެންޓް